ނޯތްކޮރެއާގެ ވެރިރަށް ޕުޔޮންގްޔޭންގް - އެތައް މިލިއަން މީހުން ކޮވިޑްގައި، ފުރާނައާއި ހަނގުރާމަކުރަނީ

ދުނިޔެ

އެމެރިކާގެ ވެކްސިން ހުށަހެޅުމަށް ނޯތްކޮރެއާ އިދާބައެއް ނުދޭ

އަލީ އަޒްޔަން - އޭޝިއާ | 22 މެއި 2022 , އާދީއްތަ 09:13   425

ކޮވިޑްގައި އެހެން ހުރިހާ ގައުމަކުން ވޭން އަޅަމުންދިޔައިރު ނޯތްކޮރެއާއިން ބުނީ، އެޤައުމުގައި ކޮވިޑް ނެތް ކަމަށެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން ނޯތްކޮރެއާގައި 2.5 މިލިއަން މީހުންނަށް ކޮޥިޑްޖެހި އެތައްބަޔަކު ދަނީ ފުރާނައާއި ހަނގުރާމަކުރަމުންނެވެ.

މިހަފްތާތެރޭގައި، އެޤައުމުން ވަނީ ފުރަތަމަ ފަހަރަށް މިކަމަށް އެއްބަސް ވެސް ވެފައެވެ. އަދި މުޅިޤައުމު މިހާރު ވަނީ ލޮކްޑައުން އެއްގައެވެ.

އެޤައުމުގެ ރައީސް ކިމް-ޖޮންގ-އިލް ބުނެފައިވަނީ މިއީ އެޤައުމުގެ ޠާރީޚުގައި ވެސް ދިމާނުވާފަދަ ސިހުމެއް ކަމަށެވެ. ނޯތްކޮރެއާގައި މިހާތަނަށް އެއްވެސް ވަރަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ނުވެއެވެ. އެހެންކަމުން ގިނަޢަދަދެއްގެ ބަޔަކު މިބަލީގައި މަރުވަމުންދާކަމަށް ބީބީސީ ބުނެއެވެ.

ގިނަ ބަޔަކު މިހާރު ބޭނުން ކުރަމުން ދަނީ ތަދުކަނޑުވަން ބޭނުންކުރާ ޒާތުގެ ބޭހެވެ. އެވެސް މިހާރު ހުސްވުމަކާއި ގާތަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އެހެން ޤައުމުތަކާއި އެކަހެރި، އަދި ބޭރުގެ ފަތުރުވެރިންނަށް އެއްކޮށްހެން ބަންދު މިޤައުމަށް އެހީ ވުމުގެ ގޮތުން ދުޝްމަން އެމެރިކާއިން ވަނީ ކޮވިޑް ވެކްސިން ހަދިޔާކުރަން ބޭނުންވާކަމަށް ބުނެފައެވެ.

ނަމަވެސް މިހުށަހެޅުމަށް މިހާތަނަށް ނޯތްކޮރެއާއިން އިޖާބަ ދީފައި ނުވެއެވެ.

ޓެގްސް: އެމެރިކާ ނޯތް ކޮރެއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.