އަޕްޢާނިސްތާނުގެ ޓޯލޯ ނޫސް، ޓީވީ އެންކަރަކު ޚަބަރުކިޔާއިރު މޫނު ނިވާކޮށްގެން

ދުނިޔެ

ޠާލިބާނުން ޓީވީ ޚަބަރު ކިޔާ ފަރާތްތައް މޫނު ނިވާކުރަން މަޖުބޫރުކޮށްފި

އަލީ އަޒްޔަން - އޭޝިއާ | 23 މެއި 2022 , ހޯމަ 10:34   483

އަފްޢާނިސްތާނުގެ ވެރިކަންކުރާ ޠާލިބާނުން ވަނީ އެޤައުމުގެ ހުރިހާ ޚަބަރުކިޔާ އަންހެން ނޫސްވެރިން، ޚަބަރުކިޔާ ގަޑިތަކުގައި މޫނުނިވާކުރަން މަޖުބޫރުކުރާ ޤަވާއިދެއްނެރެ ތަންފީޒުކުރަން ފަށާފައެވެ.

މި ޙަރަކާތަކީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތައް އޮބިއެޅުމަށްޓަކައި ހިންގަމުންދާ ޙަރަކާތެއްކަމަށް ނޫސްތަކުން ބުނެއެވެ.

ބުރާސްފަތި ދުވަހާއި ހަމައަށް ވަރަށް މަދު ޗެނަލަކުން ޢަމަލުކުރަމުންދިޔަ ނަމަވެސް، އާދީއްތަދުވަހު ގިނަ ޓީވީ ޗެކަންތަކުން ވަނީ ނޫސްކިޔާ ގަޑިތަކުގައި އަންހެންނުން މޫނު ނިވާކުރަން ފަށާފައެވެ.

މިއީ އަހަރުމެންގެ ފަހުބަސް. މިއަކަށް އިތުރަށް ދައްކާނެ ވާހަކައެއް ނެތް.

~ އަފްޢާނިސްތާނުގެ އިންފޮމޭޝަން އެންޑް ކަލްޗަރ މިނިސްޓަރު

ބީބީސީ ބުނާގޮތުން، މިކަމާއި ގުޅިގެން ނޫސްވެރިންނާއި ނޫސް އެޖެންސީތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެމީހުން ބުނާގޮތުން، އެމީހުންގެ މައްޗަށް ތަންފީޒުކުރަން މިއުޅެނީ އެމީހުންނާއި ބީރައްޓެހި ސަޤާފަތްތަކެކެވެ.

މިމޭމަހުގެ ކުރީކޮޅު ޠަލިބާނުން ވަނީ އެޤައުމުގެ ހުރިހާ އަންހެންނުން ޢާއްމުތަންތާ އުޅޭއިރު ލޯ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރަން އަމުރެއް ނެރެފައެވެ. ހަމަ އެއާއި ވިދިގެން، އަންހެންނުންނަށް ބޭރަށް ޒަރޫރީ ކަމެއްގައި މެނުވީ ބޭރަށް ނިކުމެގެން ނުވާނެ ކަމަށާއި، މިއަމުރުތަކާއި ޚިލާފުވެއްޖެނަމަ ގާތްތިމާގެ މީހުންނަށް ވެސް ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. އެގޮތުން، ހިފާ ހައްޔަރުކޮށް ޖަލަށް ވެސް ގެންދާނެކަމަށް ބުނެފައިވެއެވެ.

އަދި ޠާލިބާނުން ވަނީ ގްރޭޑް 6 އިން މަތީގެ އަންހެންކުދިން ސްކޫލަށް ދިއުން މަނާކޮށްފައެވެ. މިއީ ޠާލިބާނުން ކުރިން ވެފައިވާ ވަޢުދުތަކާއި ޚިލާފުކަންކަން ކަމަށް އެޤައުމުގެ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޓެގްސް: އަފްޢާނިސްތާނު ޠާލިބާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.