މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑު

ދުނިޔެ

މަންކީޕޮކްސް ޖެހޭމީހުންނާއި ކޮންޓޭކްޓްވާމީހުން އެކަހެރިކުރަން އިނގިރޭސިވިލާތުން އެޑްވައިސްއެއް ނެރެފި

އަލީ އަޒްޔަން - ޔޫރަޕް | 23 މެއި 2022 , ހޯމަ 12:07 1   542

އިނގިރޭސިވިލާތުގެ ސިއްޙީ ރައްކާތެރިކަމާއި ގުޅޭ އިދާރާއިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަންކީޕޮކްސް ޖެހިފައިވާ މީހަކާއި ދިމާވެ ނުވަތަ އެއްކޮށް އުޅެވިފައިވާނަމަ އެކަހެރިވުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި ދާއިމީ ފަރުވާއަށް ބޭކުރާ މީހުންނާއި، ބަނޑުބޮޑު އަންހެނުންނާއި، ކުޑަކުދިންނާއި ގައިގޯޅި ނުވުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް މިބަލީ 20 ކޭހެއް ފެނިފައިވެއެވެ. އަދި ޔޫރަޕްގެ އެކިޤައުމުތަކުން 80 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ.

މިބައްޔަކީ ޢާއްމުގޮތެއްގައި އެފްރިކާގެ ދުރުހިސާބުތަކުގައި މަދުމަދުން ފެތުރެމުން ދިޔަ ބައްޔެކެވެ. ޗިކެންޕޮކްސް ނުވަތަ ހިމަބިއްސާއި ގާތްކުރާ އަލާމާތްތަކެއް ހުންނަ މިބަލި ފުރަތަމަ ފެނިފައިވަނީ ރާމާމަކުނުތަކަކުން ނެވެ. މިބައްޔަށް "މަންކީޕޮކްސް" ކިޔަނީ އެހެންވެއެވެ.

މިބަލި މިހާ ކުއްލިގޮތަކަށް ފެތުރެން ފެށި ސަބަބު ހޯދިފައި ނުވާކަމަށް ބީބީސީ ބުނެއެވެ.

ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުންއައުމާއި، ގައިގައި ރިއްސުމާއި، ގައި ދުޅަވުމާއި އެކު ފާރުހެދުން ހިމެނެއެވެ.

މިބައްޔަށް ސީދާ ވެކްސިނެއް މިހަތަނަށް ހޯދިފައި ނުވެއެވެ. ނަމަވެސް ޗެކެންޕޮކްސް އަށް ބޭނުންކުރާ ވެކްސިން މިބައްޔަށް ވެސް ބޭނުންކުރެއެވެ. އަދި ތައްޔާރީ ޙާލަތަކަށް ގެނައުމަށްޓަކައި، ޔޫރަޕްގެ ޤައުމުތަކަކުން އަންނަނީ މިވެކްސިން ގަނެ ރައްކާކުރަމުންނެވެ.

ޓެގްސް: ބަލިމަޑުކަން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.