ވިޖޭ ވަރުމާއާއި އެކު ކަރީނާ ދެއްކި ޑެމޯގެ މަންޒަރެއް

މުނިފޫހިފިލުވުން

ކަރީނާ ކަޕޫރު، ގަދަފިނީގައި ފްރެންޗްފްރައިސް ކާލާނެ ގޮތް ފަރިގޮތަކަށް ދައްކާލައިފި

އަލީ އަޒްޔަން - އިންޑިއާ | 23 މެއި 2022 , ހޯމަ 12:28   309

ކަރީނާ އޭނާގެ އަލަށް ނުކުންނަ ފިލްމް، 'ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް' ގެ ޝޫޓިންގ އަށް ގޮސް ހުރީ އިންޑިއާގެ ދަރްޖީލިންގ ގައެވެ.

އެއީ ފިސާރި ފިނި ތަނެކެވެ. އެއީ އެކަމަކު ކަރީނާ ބުނެފައިވަނީ އެތަނުގައި ހޭދަކުރާ ކޮންމެ ވަޤުތުކޮޅަކީ ހިތްހަމަޖެހޭ އުފާވެރި ވަޤުތުކޮޅެއް ކަމަށެވެ. ދާދިފަހުން ސޯޝަލް މީޑިއާގައި ޢާއްމުވެފައިވާ، ކަރީނާ ގަދަފިނީގައި މޮޅުގޮތަކަށް ޗިޕްސް ނުވަތަ ފްރެންޗްފްރައިސް ކާން ދަސްކޮށްދޭ ވީޑިއޯ ވައިރަލް ވުމުން، އެކަން ކިތަންމެހާ ވެސް ދޭހަވެއެވެ.

އިންސްޓާގައި ޕޯސްޓްކުރި މި ވީޑިއީ 2 މިލިއަނާއި ގާތްކުރާ ޢަދަދަކަށް މީހުން ބަލާފައިވެއެވެ. އަދި ކޮމެންޓްތަކުން ދޭހަވަނީ ވީޑިއޯ ބެލިގިނަ މީހުން ގަޔާވި ޙަރަކާތަކަށް މިޙަރަކާތްވި ކަމަށެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.