ސްރީލަންކާގެ މާރުކޭޓަކަށް ކާޑު ބާލަނީ

ދުނިޔެ

އަވަށްޓެރި އިންޑިއާއިން 16 މިލިއަން ޑޮލަރުގެ ކާޑާއި ބޭސް ލަންކާއަށް އެހީގެގޮތުގައި ފޮނުވައިފި

އަލީ އަޒްޔަން - ލަންކާ | 23 މެއި 2022 , ހޯމަ 17:03   379

ސްރީލަންކާއަށް އިންސާނީއެހީގެ ގޮތުގައި ލިބުނު ފުރަތަމަ ޝިޕްމެންޓް ލިބިފައިވާކަމަށް އެޤައުމުން ބުނެފިއެވެ. ސްރީލަންކާއަށް ދިމާވެފައިވާ ތަދުމަޑުކަމަށް އެހީތެރިވުމުގެ ގޮތުން، އަވަށްޓެރި އިންޑިއާއިން ވަނީ އެޤައުމަށް 16 މިލިއަން ޑޮލަރުގެ ކާބޯތަކެއްޗާއި ބޭހުގެ ސާމާނު ފޮނުވާފައެވެ.

މީގެތެރެއިން 5.6 މިލިއަން ޑޮލަރުގެ ތަކެއްޗަކީ ހަނޑުލާއި، ކިރު، އަދި ޒަރޫރީ އެހެން ބައެއްތަކެއްޗެވެ.

އިންޑިއާ އެމްބަސީއިން ބުނެފައިވަނީ އެތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ ޢާއިލާތަކަށެވެ.

ސްރީ ލަންކާއިން ތެޔޮ ހުސްވެފައިވާކަމަށް ބުނުމާއިއެކު އިންޑިއާއިން ވަނީ، ތެލަށް ބޭނުންވާ ފައިސާވެސް އިންޑިއަން ކްރެޑިޓް ލައިންގެ ދަށުން ދޫކޮށްފައެވެ. އެހެންކަމުން އެޤައުމަށް މިހާރު ތެޔޮވެސް ލިބިފައިވެއެވެ.

ސްރީލަންކާ އަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތާއި ގުޅިގެން އެޤައުމުގެ ދަރަނިތައް ނުދެއްކި، ބަނގުރޫޓުވުމާއި ގާތަށް ގޮސްފައެވެ. އަދި ހަމަނުޖެހުން ހިނގާ ސަރުކާރުވެސް ބަދަލުވެފައިވެއެވެ.

ޓެގްސް: ސްރީލަންކާ އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.