ސިންގަލް-ޔޫޒް ޕްލާސްޓިކް ޖޫން އެކަކުން މަނާވަނީ

ހަބަރު

ސިންގަލް-ޔޫޒް ޕްލާސްޓިކުގް ބާވަތްތައް އަންނަ ޖޫން މަހު ފުރަތަމަ ދުވަހުން ފެށިގެން މަނާ

ދާނިޝް - އައްޑޫ އަތޮޅު | 23 މެއި 2022 , ހޯމަ 21:58   440

ސިންގަލް-ޔޫޒް ޕްލާސްޓިކުގެ ބާވަތްތައް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަނާވާނެއެވެ.

މިދިޔަ އަހަރު ޑިސެމްބަރ މަހުގައި އެއްފަހަރު ބޭނުންކޮށްފަ އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ވިއްކުން މަނާކުރުމާ ގުޅޭ ޤަރާރު ރައިސުލްޖުމްހޫރިއްޔާ ވަނީ އެރުއްވާފައެވެ. މިޤަރާރުގައި ވާ ކަން ކަން ތަންފީޒުކުރުން ވަނީ 8 ބަހަކަށް ބަހައިލެވިފައެވެ. އެގޮތުން ފުރަތަމަ މަރުހަލައިގައި 8 ބާވަތެއްގެ ތަކެތި މަނާވެގެން ދާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން 1 ޖޫންއިން ފެށިގެން ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ތަކެތި:

- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި

- ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި - ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)

250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު

50 މިލިލީޓަރާއި50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން

- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ

- ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އަދި ތައްޔާރީ ބުއިންތަކުގެ ބާވަތްތައްވެ

މިތަކެތި ބާޒާރަށް ނެރުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހުންފެށިގެން މަނާވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ ތެރޭގައި ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް ހިމެނެއެވެ.ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގައި އުފެއްދުން މަނާވާނެއެވެ. އަދި 2024 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެ ތަކެތި ބާޒާރަށް ނެރުންވެސް މަނާވާނެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައިއެކުލަވާލައިފައިވާ ފޭސްއައުޓް ޕްލޭންގައި ސިންގަލް-ޔޫސް ޕްލާސްޓިކު މަދުކުރުމަށްޓަކައި މައިގަނޑު 6 ސިޔާސަތު:

- އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކުގެ ތެރެއިން ކަޑައެޅޭ ވަކި ބާވަތްތަކެއް އުފެއްދުމާއި އިމްޕޯޓު ކުރުމާއި ވިއްކުން މަނާކުރުން

- އިމްޕޯޓް ޑިޔުޓީއާއި، ޓެކްސް ނެގުމާއި، ވަކި ކަމެއް ކުރުވުމަށް ބާރުއަޅާފަދަ އެހީތެރިކަން (އިންސެންޓިވްސް) ދިނުން

- ކުންޏާއި ބެހޭ ތަފާސް ހިސާބު ޤައުމީ ފެންވަރެއްގައި އެއްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ޕްލާސްޓިކުން ބަންދުކޮށްފައި ހުންނަ އެއްޗެތި މަދުކުރުމުގެ ލަނޑުދަނޑިތައް ކަނޑައެޅުން

- ދެމިގެންދާ، އުފެއްދުންތެރިންގެ ޒިންމާތައް (އީޕީއާރް). މީގެ ދަށުން މުދާ ބަންދުކުރުމާ ގުޅޭގޮތުން އުފައްދާ ފަރާތުގެ ދެމިގެންދާ ޒިންމާ އާއި ގުޅޭ ޤާނޫނު ފާސްކުރެވިގެންދާނެ

- އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތެއްގައި، ބޭނުންކުރެވޭނެ ތިމާވެއްޓާރައްޓެހި ބާވަތްތައް ތަޢާރަފްކުރުން

- އުނގަންނައިދިނުމާއި ހޭލުންތެރި ކުރުވުން

- ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުން އިމްޕޯޓު ޑިއުޓީ އިތުރުކުރުމާއެކު ތިމާވެއްޓާ ރައްޓެހިތަކެތީގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ މާފުކުރުމަށްވެސް މި ޕްލޭންގެ ދަށުން ހުށަހަޅާފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ރާއްޖޭގައި މަނާކުރެވުނުކަމުގައި ވީނަމަވެސް، ކުދިވިޔަފާރިތަކުގައި އުފައްދާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް މި ސިޔާސަތުތަކުގެ ދަށުން އިސްތިސްނާވެގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޓެގްސް: ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.