އައްޑޫ ސިޓީ މަރަދޫގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ މުޒާހިރާ

ހަބަރު

ފުޓްސަލް ދަނޑެއްގެ މައްސަލައިގައި މަރަދޫ ޒުވާނުންގެ ތެރެއިން ބަޔަކު މުޒާހިރާކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 23 މެއި 2022 , ހޯމަ 22:48   465

އައްޑޫ ސިޓީ މަރަދޫ ޒުވާނުންގެ ތަކެއް ނިކުމެ މުޒާހިރާކޮށްފިއެވެ. މިއަދު ހަވީރު ސައިކަލް ބުރަކާއިއެކު ކުރިއަށްގެންދިޔަ މިމުޒާހިރާ ކުރިއަށް ގެންގޮސްފައިވަނީ މަރަދޫ އަވަށު އޮފީސް ކުރިމަތީގައެވެ.

އެކްސްޕްރެސް ނޫހާއި ވާހަކަދައްކަމުން މުޒާހިރާގެ ތެރެއިން ބައިވެރިއަކު ބުނީ، މަރަދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ފުޓްސަލް ދަނޑުތައް އެބަހުރިކަމަށެވެ. އަދި އެރަށުގައި އެންމެ ގިނަ ޒުވާނުން ކުޅެން ބޭނުންވަނީ ފުޓުބޯޅަ އާއި ފުޓްސަލްކަމަށްވެފައި، މިފަދަ ވަޞީލަތެއް ނެތުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށް އެކިފަހަރުމަތިން މަސައްކަތްކުރިން. އެކަމަކު އެކަށީގެންވާ އިޖާބައެއް ނުލިބޭ. އެހެންވެ އަޅުގަނޑުމެން ނިންމީ ސުލްހަވެރި މުޒާހިރާއަކަށް ދާން.

~ މުޒާހިރާގެ ތެރެއިން ބައިވެރިއަކު

މިކަމާއި ގުޅިގެން ސިޓީކައުންސިލްގެ ބަހެއް ވަނީ ނުލިބިފައެވެ.

ޓެގްސް: ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.