މީރާ މައި އޮފީސް ހުންނަ ބިލްޑިންގގެ ބޭރުން

ހަބަރު

ސައުތުޕާމް، ސަންލޭންޑް، 3އޭ، ހެވީލޯޑް؛ ކުލި ނުދައްކާ ލިސްޓުގައި ހިމެނިއްޖެ

އަލީ އަޒްޔަން - ކ. މާލެ | 24 މެއި 2022 , އަންގާރަ 14:45   279

ކުލި ނުދައްކައި ގިނަ ދުވަސްވެފައިވާ ރިސޯޓްތަކުގެ ލިސްޓެއް މީރާއިން ޢާއްމުކޮށްފިއެވެ. މިލިސްޓު ޢާއްމުކޮށްފައިވަނީ މީރާގެ މައި އޮފީހުގައި ބަހައްޓާފައި ހުރި ޓީވީ ސްކްރީންތަކެއް މެދުވެރިކޮށެވެ.

މިކަމާއި ގުޅިގެން މީރާއަށް ގުޅާލުމުން ބުނީ، މިހާރު އަޅާފައިވާ ފިޔަވަޅަކީ އަލަށް ޢަމަލުކުރަމުން އަންނަ އުސޫލުގެތެރެއިން އެންމެ ފުރަތަމައަށް އަޅަންއޮންނަ ފިޔަވަޅުކަމަށެވެ. އެއީ 15 ދުވަސްވަންދެން މީރާގެ ނޯޓިސްބޯޑުގައި އެމަޢްލޫމާތުތައް ބެހެއްޓުމެވެ.

މިލިސްޓުގައި 12 ރިސޯޓެއް ނުވަތަ ރިސޯޓް ހިންގާ ކުންފުންޏެއް ހިމެނިފައިވާއިރު އޭގެ އެންމެ ކުރީގައި އޮތީ ތްރީއޭ ކުންފުންޏެވެ. ނަން މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހެވީލޯޑު ތިން ވަނައިގައި އޮތްއިރު ހަތްވަނައިގައި އޮތީ ސައުތު ޕާމް މޯލްޑިވްސް އެވެ. އަށް ވަނަ އާއި ނުވަވަނައިގައި އޮތީ ސަންލޭންޑްގެ ދެ ކުންފުންޏެވެ. މީގެ އިތުރުން ވެސް މުދުފުއްޓާއި ޕްލެޓީނަމް ހޯލްޑިންގްސް ހިމެނެވެ. އަމިއްލަ ފަރާތެއްގެ ނަމަކަށް އޮތީ ޢަބްދުއްﷲ ޢަލީގެ ނަމުގައި އޮތް ހޮނޑާފުއްޓެވެ.

މީރާއިން ބުނެފައިވަނީ، މިފަރާތްތަކުން އެންގުމާއި އެއްގޮތަކަށް ޢަމަލުނުކޮށް 15 ދުވަސް ފަހަނަޅައިފިނަމަ ގެޒެޓްކޮށް ޝާޢިއުކުރާނެކަމަށެވެ.

ދައުލަތަށް ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާ ނުލިބިވާއިރު އޭގެތެރެއިން ބޮޑުބަޔަކީ ރިސޯޓްތަކުގެ ކުއްޔާއި އެކަމާއި ގުޅުންހުރި ޖޫރިމާނާތައް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ޓެގްސް: މީރާ ޓެކްސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.