ގްރޭ މެންގެ މައިގަނޑު ރޯލުތައް ކުޅޭ ތަރިން

މުނިފޫހިފިލުވުން

ދަނުޝްގެ ހޮލީވުޑް ޑީބަޓް ފިލްމު "ދަ ގްރޭ މެން" ގެ ޓެރެއިލާ ޢާންމުކޮށްފި

ދާނިޝް - އެމެރިކާ | 25 މެއި 2022 , ބުދަ 15:51   175

އިންޑިއާގެ މަޝްހޫރު ތަރި ދަނުޝްގެ ހޮލީވުޑް ޑީބަޓް ފިލްމު "ދަ ގްރޭ މެން" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ރުސޯ ބްރަދާސް އިން ޑައިރެކްޓްކުރާ މި ފިލްމުން ދަނުޝްގެ އިތުރުން ފެންނަނީ ހުސް ހޮލީވުޑްގެ އޭ ލިސްޓު ތަރިންނެވެ. ރަޔަން ގޮސްލިން، ކްރިސް އީވާންސް އަދި އަނާ ޑި އާމާސް ފަދަ ތަރިން މީގެ ތެރޭގައި ހިމެނެ އެވެ.

މި ފިލްމަކީ 2009 ވަނަ އަހަރު، މާކް ގްރީނީ ލިޔުނު ފޮތެއްގެ މައްޗަށް ބިނާކޮށް ކުޅެވޭ ފޮލްމެކެވެ. ޓްރެއިލާގައި ދަނުޝް ތައާރަފްވެގެންދަނީ "ލީތަލް ފޯސް" ގެ ގޮތުގައެވެ. މިޔާއެކު އޭނާގެ ރޯލުގައި ވަނީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ. މީގެ އިތުރުން ރަޔަން ގޮސްލިން ފެންނަނީ "ދަ އަންކެޗަބަލް ސީއައިއޭ އަޕަރޭޓިވް ކޯޓް ޖެންޓްރީ" ގެ ރޯލުންނެވެ. ކްރިސް އީވާންސް "އެންޓަޖިނިސްޓް، ލޯޑް ހަންސެން" ގެ ރޯލުން އަދި އަނާ " ދަ އަންޓްރޭސަބަލް"، ޑަނީ ދަ އަންސްޓޮޕަބެލް މިރަންޑާ" ގެ ރޯލުންންނެވެ.

މި ފިލްމު ތިއޭޓަރު ތަކަށް ނުކުންންނީ އަންނަ ޖުލައި މަހުގެ 15ގައެވެ. އަދި ގުލައި މަހުގެ 22 ވަނަ ދުވަހު ނެޓްފިލްކްސްއިން މި ފިލްމު ނުކުންނާނެއެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.