މިނިސްޓާރ އަސްލަމް މަޖިލީހުގައި މެމްބަރުންނަށް ޖަވާބުދާރީވެވަޑައިގަންނަވަނީ

ހަބަރު

"ލޭންޑްޔޫސް ޕްލޭންތަކަކީ ނުކުރެވިގެންނޭކިޔާފަ ދޫކޮށްލެވޭ ޒާތުގެ ކަމެއްނޫން" - މިނިސްޓަރ އަސްލަމް

އަލީ އަޒްޔަން - ކ. މާލެ | 25 މެއި 2022 , ބުދަ 16:33   457

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިޞްލާޙާއި އެކު، ރަށްރަށުގެ ކައުންސިލުތަކުން ބިމާއި ގުޅޭ އެއްވެސް ކަމެއް ނިންމޭނީ، ބިންބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ތައްޔާރުކުރުމަށްފަހު އެޕްލޭން، ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި، ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު ހުއްދަ ލިބުމުންނެވެ.

މިޕްލޭން އެކުލަވާލުމުގެކުރިން ރައްޔިތުންނާއި ބައްދަލުކޮށް، ފުޅާދައީރާއެއްގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރަން ޖެހެއެވެ. އެމަޝްވަރާތަކުން ނިމުނުކަންކަން އެޕްލޭންގައި ހިމަނަން ޖެހެއެވެ. ކަމަކަށް ބިމެއް ކަނޑައަޅަންޏާމު އެކަނޑައަޅާ ސަބަބު ބުނެދޭންޖެހެއެވެ. އަދި އޭގެއިން ވަށައިންވާ މީހުންނަށާއި ދުރު މުސްތަޤްބަލުގެ އާބާދީއަށް ކުރާނެ އަސަރުތައް ބަލައި ދިރާސާކުރަން ޖެހެއެވެ. މީގެތެރެއިން ބައެއް ކަމުގެ ކަންކަމަކީ ފަންނީ މާހިރުންގެ މަސައްކަތް ހިމެނޭކަންކަމެވެ.

ފެށުނީއްސުރެ، މިކަންވެފައިވަނީ ކައުންސިލްތަކަށް އޮތް ބޮޑު ދަތި އުނދަގޫ ތަކުލީފަކަށެވެ. އަދި ބަލަންވާވަރަކަށް މިކަމުގައި ނުބަލައެވެ. އެހެންވުމުގެ ސަބަބުން މިޕްލޭނަށް ހުއްދަ ހޯދުމުގެ މަރުޙަލާ ވަރަށް ބޮޑަށް ދިގުލައިގެން ގޮސް، ރައްޔިތުންނަށް ދޭންވާޚިދުމަތްތަކަށް ވެސް ވަނީ ބުރޫއަރަން ފަށާފައެވެ.

ވީޑިއޯ : މިނިސްޓަރ މަޖިލީހުގައި ދެއްކެވި ވާހަކަކޮޅު

މިކަމަށް ޙައްލެއް ހޯއްދަވައިދެއްވައި ދެއްވާ، ލުއިތެއް ދެއްވުމަށްއެދި ނޮޅިވަރަމްދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުއްﷲ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ހައުސިންގ މިނިސްޓަރ މިނިސްޓަރ މުޙައްމަދު އަސްލަމް އަރިހުން އެދި ވަޑައިގެންފައެވެ.

ނަމަވެސް މިއަށް ރައްދުދެއްވަމުން، މިނިސްޓަރ އަސްލަމް ވިދާޅުވީ، އެގޮތަށް އެކަން ނުކުރެވޭނެކަމަށެވެ.

ޤާނޫނުގެ މައްޗަކުނޫން އަޅުގަނޑު ހުންނަނީކީއެއް. އަޅުގަނޑު ކައިރީ އެސުވާލު އެގޮތަށް ކުރެއްވީމަ ވަރަށް އުނދަގޫ. ދެން އަޅުގަނޑު ޤަބޫލެއް ނުކުރަން، އެއީކީ މިކަން ނުކުރެވިގެންނޭ މިއުޅެނީއޭ ކިޔާފަ ދޫކުރާ ޒާތުގެކަމެއް ކަމަށް ވެސް. ލޭންޑް ޔޫސް ޕްލޭނެއް ހަދަން ޖެހޭނެ. އަޅުގަނޑު ޤަބޫލުކުރަނީ އެއީ ކުރަންޖެހޭނެކަމެއް ކަމަށް.

~ ހައުސިންގ މިނިސްޓަރ، މުޙައްމަދު އަސްލަމް

މިނިސްޓަރު ވިދާޅުވީ އެއީ އެމަނިކުފާނަށް ކުރެވޭނެ ވަރުގެކަމެއް ނޫންކަމަށެވެ. ޤާނޫނުން ވަކިކަމެއް ވަކިގޮތަކަށް ކުރަން ކަނޑައަޅާފައި އޮތްވާ، އެނޫންގޮތަކަށް އެކަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެދިވަޑައިގަތުން ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. އަދި އެކަން އެގޮތަކަށް ނުކުރެއްވޭނެ ކަމަށެވެ.

ޓެގްސް: ރައްޔިތުންގެ މަޖިލިސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.