ވިސްތާރާ އެއަރލައިންގެ ފުރަތަމަ ފުލައިޓް ވެލާނާ އެއަރޕޯރޓަށް ބަނދަރުކުރަނީ

ހަބަރު

ވިސްތާރާ އެއަރލައިން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 26 މެއި 2022 , ބުރާސްފަތި 11:51   206

އިންޑިއާގެ ވިސްތާރާއެއަރލައިން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ. އެއަރލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އެއަރޕޯރޓަށް ޖައްސާފައިވަނީ ބުދަދުވަހުގެ ހަވީރުއެވެ.

މިޝެޑިއުލް ދަތުރުތަކާއި ރާއްޖެއަށް ދުވާލަކު އެއްފްލައިޓް ރާއްޖެ އާއި އިންޑިއާގެ މުމްބާއި އާއި ދެމެދު ބޭއްވުމަށް ތާވަލު ކުރެވިފައިވެއެވެ.

އިންޑިއާގެ ގިނަ އެއަރލައިންތަކަކުން މިހާރުވެސް ރާއްޖެއަށް ގިނަ ދަތުރުތައް އަންނަނީ ކުރަމުންނެވެ. އަދި ވިސްތާރާ އެއަރލައިނުން މީގެކުރިން ރާއްޖެއަށް ދަތުރުތައް ބާއްވަމުން އައީ ޗާޓަރު ފްލައިޓްތަކުގެ ގޮތުގައެވެ.

މިފަހަރުގެ ދަތުރުތަކުގައި އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް-އޭ320 މަރުކާގެ މަތިންދާބޯޓެކެވެ.

އިންޑިއާއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ 13 އިންސައްތަ ޙިއްސާކުރެއެވެ.

ޓެގްސް: ރާއްޖެއަންނަ އެއަރލައިންތައް ވެލާނާ އެއަރޕޯޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.