ޕާކިސްތާނުގެ މަގުތަކުގައި އެޤައުމުގެ ރައްޔިތުން ނިކުމެ މުޒާހިރަކުރަނI

ހަބަރު

ޕާކިސްތާނުގެ ސަރުކާރާޢި ދެކޮޅަށް މުޒާހަރާކުރަން ފަށައިފި

ދާނިޝް - އޭޝިއާ | 26 މެއި 2022 , ބުރާސްފަތި 12:34   255

ޕާކިސްތާނުގައި މިހާރު އޮތް ސަރުކާރާއި ދެކޮޅަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޙާން އިސްކޮށް ހުންނަވާގެން ފަށައިފިއެވެ.

އާޒާދީ މާޗް ގެ ނަމުގައި ކުރިއަށް ގެނަދަމުނަދާ މި ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިން ގޮވަމުން ދަނީ މިހާރުގެ ސަރުކާރު ވަގުތުން އިސްތިއުފާދީ އަލުން އިންތިހާބެއް ބޭއްވުމަށެވެ. މި މުޒާހަރާތައް އިމްރާން ޙާން ނިސްބަތްވާ ތަހްރީކީ އިންސާފް ޕާޓީއިން ޕާކިސްތާނުގެ އެކި އެކި ހިސާބުތަކުގައި ފެށި މި މުޒާހަރާގެ ހުރިހާ ބައިވެރިން މިހާރު މިސްރާބުޖަހަމުންދަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށެވެ.

މި މުޒާހަރާ ރޫޅާލުމަށް ޕާކިސްތާނުގެ ފުލުހުން ދަނީ މަސައްކަތްކުރަމުނެނެވެ. މިގޮތުން ފުލުހުން ވަނީ ވެރިރަށް އިސްލާމްއާބާދަށް ދެވެން އޮންނަ ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ފުލުހުން ގެ ބެރިކޭޑްތައް ފަޅައިލައި މުޒާހަރާ އިތުރަށް ފުޅާކުރަމުންނެވެ. މިކަމާ ގުޅިގެން ފުލުހުންނާއި މުޒާހަރާގެ ބައިވެރިނާއި ދެމެދު ވަނީ ކުރިމަތިލުންތަކެއްވެސް ހިގާފައެވެ. ފުލުހުން ކަރުނަ ގޭސް ޖަހަމުންދާއިރު މުޒާހަރާގެ ބައިވެރިންދަނީ ގަލައި އެހެނިހެން ތަކެތި ފުލުހުނާނާއި އަމާޒުކޮށް އުކަމުންނެވެ.

މިކުރިމަތިލުންތަކުގެ ތެރެއިން އާންމުގެ އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ތަހްރީކީ ޕާޓީއިން މައުލޫމާތު ދޭގޮތުގައި މުޒާހަރާގެ ކުރިންވެސް އެއ ޕާޓީއަށް ނިސްބަތްވާ މެންބަރުންގެ ގެތައް ފާސްކޮށް 400 އަށް ވުރެ ގިނަ މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

2018 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވި އިމްރާން ޚާން މަގާމުން ދުރުކުރީ މިދިޔަ މަހުގެ 10ގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ޚާންގެ އިތުބާރު އޮތްތޯ ބެލުމަށް އެ މަޖިލީހުގައި ނެގި ވޯޓުގައި 342 މެންބަރުންގެ ތެރެއިން އެނާއަށް އިތުބާރުނެތް ކަމަށް ވޯޓުދިން 174 މެންބަރުންގެ ވޯޓުންނެވެ.

އޭރު ސަރުކާރާ އިދިކޮޅު ޕާޓީ ޕާކިސްތާން މުސްލިމް ލީގް ނަވާޒް، ޙާން އަށް އިތުބާރު އޮތްތޯ ބެލުމަށް ހުށަހެޅީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވެ، ގައުމުގެ އިޤްތިޞާދު ނަގަހައްޓާ ދަމަހައްޓަން ޙާންގެ ސަރުކާރު ނުކުޅެދިފައިވާތީ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. ނަމަވެސް ޙާންގެ ތުހުމަތު މިކަމުގައި އެޅިފައިވަނީ އެމެރިކާއަށެވެ.

މި މުޒާހަރާތަކާއި ބެހޭގޮތުން އިމްރާން ޙާން ވިދާޅުވީ ގާނޫނު ހަދާ މަޖިލިސް އުވާލައި، އައު އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކުރަންދެން މުޒާހަރާ ދިގުދަންމާނެ ކަމަށެވެ.

ޓެގްސް: ޕާކިސްތާން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.