ރޯމާއިން ކާމިޔާބީ ފާހަގަކުރަނީ

ކުޅިވަރު

ރޯމާއިން ކޮންފަރެންސް ލީގު ކާމިޔާބުކޮށް ޔޫރަޕު ފުޓުބާޅާގެ ތާރީހުގެ ތެރެއަށް

ދާނިޝް - ޔޫރަޕް | 26 މެއި 2022 , ބުރާސްފަތި 14:50   134

ރޯމާއިން ކޮންފަރެންސް ލީގު ކާމިޔާބުކޮށް ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕު ފުޓުބާޅާގެ މުބާރާތެއް ކާމިޔާބުކޮށްފިއެވެ.

ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރޯމާއިން ބައްދަލުކުރީ ނެދަލެންޑްސްގެ ފެޔެނޫޑް އާއެވެ.

އަލްބޭނިއާގެ އެރީނާ ކޮމްބެޓަރޭގައި ކުޅުނު މި މެޗް ރޯމާ ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މި މެޗުން ރޯމާ މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޖިއާންލޫކާ މަންޗީނީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެޗުގެ 32 ވަނަ މިނިޓުގައި ނިކޯލޯ ޒަނިއޯލޯ އެވެ.

މި މެޗުގެ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލު ކޮށް ގެންގުޅުނީ ފެޔެނޯޑުންނެވެ. ނަމަވެސް އެޓީމަށް ރޯމާގެ ޑިފެނަސް ފޫއަޅުވާލައިލެވޭނެ ގޮތެއް ނުވިއެވެ. މެޗުގެ ދެވަނަ ހާފުގައި ފެޔެނޯޑުން ރޯމާގެ ގޯލަށް ނުރައްކާ ކުރިނަމަވެސް ފޮނުވާލި އެއްވެސް ހަމަލާއެއް ގޯލަކަށް ނުވިއެވެ.

މިއީފެޔެނޫޑް ޔޫރަޕުގެ ފައިނަލަކުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މި މޮޅާއެކު ރޯމާގެ ކޯޗު ޖޯސޭ މޮރީނިއޯ ވަނީއޭނާ ޔޫރަޕްގައި ވާދަކުރި 5 ފައިނަލްވެސް ކާމިޔާބުކޮށް ހުރިހާ ފައިނަލެއް ކާމިޔާބުކުރި ރިކޯޑް ދަމަހައްޓަފައިވާ ފުރަތަމަ ކޯޗްގެ އިތުރުން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލިގުކާމިޔާބުކުރި ފުރަތަމަ ކޯޗަށްވެސް ވެގެން ގޮސްފައެވެ.

ޓެގްސް: ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.