ވެމްކޯގެ މުވައްފުންތަކެއް މަސައްކަތަށް ނިކުމެ

ހަބަރު

ވެމްކޯއަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބިއެބަހުރިކަމަށް އެކުންފުނިން ބުނެފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 މެއި 2022 , ހުކުރު 14:40   149

ސަރުކާރުގެ ކުނި އެއްކޮށް ބަލަހައްޓާ ކުންފުނި، ވެމްކޯ އަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބި އެބަހުރިކަމަށް އެކުންފުނިން ބުނެފިއެވެ.

މިހެން ބުނެފައިވަނީ، އެކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދި، މިގޮތުން ލިބެންޖެހޭ 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މިހެން މިކަން އޮތްއިރުވެސް ޢާއްމުގޮތެއްގައި ގިނަ ގޭބީސީތަކުން ކުލިދައްކާ ކަމަށެވެ.

ލިބެންޖެހޭ ފައިސާ ހޯދުމުގައި ގިނަ ގޮނޖެހުންތައް ހުރިކަން ވެސް ފާހަގަ ކުރެއްވިއެވެ. ޤާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށާއި، އެކުންފުނީގެ ޑޭޓާ ވެސް ހަރުދަނާ ގޮތެއްގައި ބަލަހައްޓަން ޖެހޭކަމަށެވެ.

މީގެ ކުރިން، އެކުންފުނި ފަށައިގަތް އިރު ނެތް ރަނގަޅަކަށް ކަސްޓަމަރުންގެ މަޢްލޫމާތު ބެލެހެއްޓިފައި ނެތަސް މިހާރު ކްލިއަރ ކުރަންވާ އެއްޗިހި ކްލިއަރކޮށް އަލުން ރަނގަޅުކުރަމުން އަންނަކަމަށެވެ.

ސަރުކާރުން ވަނީ ކުނިމެނޭޖް ކުރުމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅައިފައެވެ.

ޓެގްސް: ވެމްކޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.