އެންމެފަހުން ބޭއްވުނު މުބާރާތުން ވަނައެއް ލިބުނު ކުއްޖަކު، ވަލީ ޢަހުދު ސަލްމާން އާއިއެކު

ހަބަރު

ސައުދީ ރަސްގެފާނުގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 27 މެއި 2022 , ހުކުރު 09:07   272

ކިންގް ޢަބްދުލްޢަޒީޒުގެ ފަރާތުން ބާއްވާ 42 ވަނަ ބައިނަލްޢަޤްވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ދިވެހިރާއްޖޭގެ ޤުރުއާން އާއި ބެހޭ މަރުކަޒުން ހުޅުވާލައިފިއެވެ.

މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 10-21 އަށް މައްކާގައެވެ. މިމުބާރާތް ރާވާ ހިންގަމުން އަންނަނީ ސައުދި އަރަބިއާގެ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ޖުމްލަ 3 މިލިއަން ރިއާލް އިނާމްގެ ގޮތުގައި ވަނަވަނައަށް އަންނަ ބައިވެރިންނަށް ލިބޭ މިމުބާރާތަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް ބައިވެރިން ބައިވެރިވަމުން ދެއެވެ.

މިމުބާރާތް ކުރިއަށް ގެންދާނީ ހަތަރުބަޔަކަށް ބަހާލެވިގެންނެވެ. އެއީ، 7 ގިރާއަތަށް ކިޔެވުމާއި، ހިތުން ކެޔިވުމާއި، ހިތުދަސްކުރުމާއި އެކު ތަޖުވީދުން ކިޔުމާއި، ވިދިވިދިގެން 5 ފޮތް ހިތުން ދަސްކުރުމެވެ.

ކުރިން މިމުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ދެން މިމުބާރާތުގައި ބައިވެރި ނުވެވޭނެއެވެ. އަދި މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި 25 އަހަރުންދަށުގެ ފިރިހެނުންނަށެވެ.

ދިވެހިރާއްޖޭގެ ޤުުރުއާނާއި ބެހޭ މަރުކަޒުން ބުނެފައިވަނީ މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކުން ވަނަވަރާއި އެކު ބޭނުންވާ ލިޔުންތައް 12 ޖޫން 2022 ގެ 3:30 ގެ ކުރިން އެއިދާރާއަށް އަށް ހުށަހަޅަން ޖެހޭކަމަށެވެ.

ޓެގްސް: ކީރިތި ޤުރުއާން ސައުދީ ޢަރަބިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.