މިހާރު ކުރިއަށްދާ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ ޤައުމީ އެތްލެޓިކްސް މުބާރާތުގައި، އައްޑޫ ސިޓީގެ އެންމެ ގިނަ ދަރިވަރުން ކިޔަވާ ސްކޫލްކަމަށްވާ ޝަރަފުއްދީން ސްކޫލުން، 17 އަހަރުން ދަށުގެ ބައިން އެއްވަނަ ހޯދައިފިއެވެ.
އެކްސްޕްރެސް ނޫހާއި ވާހަކަ ދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް ހުސެއިން މުސައްވިރު ވިދާޅުވީ މިކުޅިވަރުތަކުގައި އެސްކޫލްގެ 31 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.
އެސްކޫލުން ވަނީ 100 މީޓަރު ދުވުމުން 4 ރަން މެޑަލް ހޯދާފައެވެ. އަދި 200 މީޓަރު ދުވުމުން 4 ރިހި މެޑަލްވެސް ހޯދާފައިވެއެވެ.
އެންމެ މޮޅު އެތްލީޓަކަށް، 17 އަހަރުން ދަށް، ހޯދާފައިވަނީ ހައްވާ މުޒްނާ ފާއިޒްއެވެ.
15 އަހަރުން ދަށުގެބައިން ވެސް އެސްކޫލްވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން 200 މީޓަރ ލޯންގް-ޖަމްޕުން ރިހި މެޑަލް ހޯދާފައިވަނީ އެސްކޫލްގެ އާސިޔަތު އަދުފާއެވެ. އަދި އެސްކޫލްގެ ދަރިވަރު، އުލްޔާ ނަސީމް ވަނީ ޖުވެލިން-ތްރޯއިން ރަން މެޑަލް، އަދި ޝޮޓްޕުޓް އިން ރިހި މެޑަލް ހޯދާފައެވެ.










ވީޑިއޯ : ޝަރަފުއްދީން ސްކޫލްގެ ދަރިވަރުންނާއި އެކު
މިލިޔުމާއި ގުޅޭ އިތުރު ލިޔުން : 23ވަނަ ސްކޫލްތަކުގެ ޤައުމީ އެތްލިކްޓިސް މުބާރާތް ނިންމާ، ވަނަތައް އިޢްލާނުކޮށްފި