ރައީސުލްޖުމްހޫރިއްޔާ ވިޔަވަތި ކޮންފަރެންގައި ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

"ވިޔަވަތި، ތިޔާގި، ފުދުންތެރި ރަށްތަކެއް" : ރައީސްގެ ތަސައްވުރު އިތުރަށް ހާމަކުރައްވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 28 މެއި 2022 , ހޮނިހިރު 11:46 1   396

ހުކުރު ދުވަހު ރައީސުލް ޖުމްހޫރިއްޔާ ވަނީ އއ. އުކުޅަހަށް ވަޑައިގެންފައެވެ. މިހާރު އެއަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދާ "ވިޔަވަތި ރާއްޖެ" ކޮންފަރެންސް ފައްޓަވައި ދެއްވާފައެވެ. އަދި ރައީސް ރައީސް ރާއްޖެއާއި މެދު ދެކޭ ހުވަފެންތައް ޙިއްޞާކުރައްވާފައެވެ.

ރައީސް ވަނީ މިކޮންފަރެންސްގައި ، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނަށް ބައިވެރި ކުރައްވާފައެވެ.

އަދި ރައިސް އާއިއެކު އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސް އޮފީހުގައި ގޮތްނިންމުމުގައި ޙަރަކާތްތެރިވާ އިސްފަރާތްތަކާއި، އެެކި އިދާރާތަކުން ކަމާއިގުޅޭ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެއެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާޙްގެނައުމަށްޓަކައި ވެސް މިފަދަ ބައްދަލުވުންތަކެއް ހަމަ އުކުޅަހުގައި ބޭއްވުނެވެ.

މިފަހަރުގެ ކޮންފަރެންސަކީ މާލީ އަދި ޤާނޫނީ ބާރުވެރިކަން ހޯދައިދީ ކައުންސިލްތައް ބާރުވެރިކުރުވުމެވެ. މިބައްދަލުވުމުން ސަރުކާރުގެ ކަންކަން ރަނގަޅަށްދާ މިންވަރު ވަޒަންކުރުމަށް ވެސް އެހީއަކަށް ވެގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

ތަފާތެއް ނެތި މުޅިރާއްޖޭގެ ހުރިހާ ރަށެއްގާ އަސާސީ ހިދުމަތްތައް ގާއިމްކުރަން ވައުދުވީ ބޭނުމަކު, އެއްވެސް ހާލެއްގައި އެއީ މާފަސޭހަ އަދި ކުޑަ ހަރަދަކުން ކުރެވޭ ކަމެއް ނޫން, ބޭނުމަކީ ތަރައްގީގެ ވާހަކަ ދައްކަން ފެށުން. އިއްޔެގެ އުކުޅަހާ މިއަދުގެ އުކުޅަހުން ފެންނަނީ މާދަމާގެ ވިއަވަތި، ޖަޒީރާ، ބާއްޖަވެރި، ފުދުންތެރި އުކުޅަސް, އުކުޅަހަށް މިދެންނެވި ރަނގަޅު ހޯދޭނަމަ، އޭގެ މާނަ ފުން. މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއްމެ އެއަންނަނީ، ލާމަރުކަޒީ، ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއަކަށް ފައްކާ ވަމުންކަން.

~ ރައީސް، އިބްރާހިމް މުޙައްމަދު ޞޯލިޙް

މިބައްދަލުވުންތައް 4 ސެޝަނަކަށް ބެހިގެންދާއިރު، އެކިއެކި ކަންކަމާއި ގުޅުވައިގެން ޕްރެޒެންޓޭޝަންތަކާއި ކަރުދާސްތައް ހުށަހަޅައިދޭނެއެވެ. މީގެ ތެރޭގައި ރަށްރަށުގެ ލޭންޑް ޔޫޒް ޕްލޭންތައް ހެދުމާއި، ޑަބްލިއުޑީސީގެ ރޯލާއި ގުޅޭގޮތުންނާއި، ކުށްމަދުކުރުމާއި، އިޖްތިމާޢީ ރައްކާތެރިކަމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ތައްޔާރުވުން ހިމެނެއެވެ.

މި ބައްދަލުވުން ނިމޭނީ ހޮނިހިރު ދުވަހުއެވެ.

ޓެގްސް: ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.