ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ފުޓުބޯޅަ މުބާރާތް ފެށޭނެކަމަށް އެފަރާތުން ބުނެފިއެވެ.
އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، އައްޑޫގައި ހުންނަވާ އައްޑޫގެ އެންމެ އިސްފަރާތް، އިބްރާހިމް ލުޠުފީ ހާމަކުރެއްވިގޮތުގައި މިމުބާރާތް އޮންނާނީ މޭއި މަހުގެ 28 އިން ޖޫން މަހުގެ 12 ހަމައަށް ކަމަށެވެ.
މިމުބާރާތުގައި އައްޑޫގެ ހުރިހައި ސްކޫލެއް ތަމްޞީލް ކުރެވިގެންދާއިރު، ދެ ގުރޫޕަކަށް ބަހާލެވިގެން ޖުމްލަ 7 ޓީމަކުން ކުޅޭނެއެވެ.
އަޅުގަނޑުމެން މީގެ ކުރިންވެސް މިފަދަ މުބާރާތްތައް އައްޑޫގައި ކުރިއަށް ގެންދަން. އެކަމަކު ކޮވިޑް 19 އާއިއެކު ވަރަށްގިނަކަން ހުރީ މަޑުޖެހިފައި. މިހާރު އަނެއްކާވެސް މިހިނގައިގަނެވުނީކަމަށް މިބަލަނީ
~ އިބްރާހިމް ލުޠުފީ، އެފްއޭއެމް

ގުރޫޕްއޭގައި ހިމެނޭ ޓީމްތައް
- ފޭދޫ ސްކޫލް
- ސ.އަތޮޅު މަދަރުސާ
- ބިލަބޮންގ/ ހިރާ/ ނޫރާނީ ސްކޫލް
- މަރަދޫ ސްކޫލް
ގްރޫޕްބީ ގައި ހިމެނޭ ޓީމްތައް
- ހިތަދޫ ސްކޫލް
- ޝަރަފުއްދީން ސްކޫލް
- އިރުޝާދިއްޔާ ސްކޫލް

މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ. އެ މެޗް އޮންނާނީ މިއަދު ހަވީރު 4 ޖަހާ އިރުއެވެ.
މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމޭނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. ސެމީފައިނަލް އޮންނާނީ ޖޫން 10 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ޖޫން 12 ވަނަ ދުވަހުއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޑިއަމްގައެވެ.