ޓްރީޓޮޕް ހޮސްޕިޓަލާއި ފުވައްމުލައް ހޮސްޕިޓަލް ގުޅިގެން ބާއްވާ ހެލްތް ކޭމްޕެއްގައި ބައިވެރިވުމަށްޓަކައި، ޓްރީޓޮޕްގެ ސްޕެޝަލިސްޓު (ޚާއްސަ) ޑޮކްޓަރުންގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކޮށް ބަލިމީހުން ބަލަން ފަށައިފިއެވެ.
އެކްޕްރެސް ނޫހަށް މަޢްލޫމާތު ދެއްވަމުން، ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ މުޙައްމަދު ލިރާރް ވިދާޅުވީ، މިއީ ދެ ހޮޕިޓަލްގުޅިގެން ކުރިއަށްގެންދާ ދެދުވަހުގެ ޕްރޮގްރާމެއް ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ޖުމްލަ 6 ޑޮކްޓަރަކު ވަޑައިގެން އެބަތިއްބެވި ފުވައްމުލަކުގައި. މީގެތެރޭގައި ކަށީގެ ޑޮކްޓަރުންނާއި، އަންހެނުންގެ ބަލިތަކާއި، ތެރެލަށީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުންގެ އިތުރުން ކަރުންމަތީގެ ޑޮކްޓަރަކު ވެސް ހިމެނޭ.
~ ފުވައްމުލައް ހޮސްޕިޓަލުގެ މެނޭޖަރ، މުޙައްމަދު ލިރާރް



ލިރާރު ވިދާޅުވީ ވަރަށް ގިނަ ޢަދަދެއްގެ މީހުން އަދިވެސް ކިއުގައިއެބަތިބި ކަމަށެވެ. ނަމަވެސް މިޕްރޮގްރާމް މިއަދަށް ނިންމާލާނެކަމަށެވެ. އެންމެ ގިނަ ބަޔަކު އައިސްފައިވަނީ ކަރުންމަތީގެ ބަލިތަކަށ ފަރުވާހޯދުމަށް ކަމަށެވެ.
އިތުރަށް ވިދާޅުވީ މިކޭމްޕް ފުރިހަމަކަމާއި ކާމިޔާބުކަމާއިި އެކު ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތްގެ އިތުރުން ފުވައްމުލަކު ސިޓީކައުންސިލްގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ.