އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ 16 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތް ފެށިގެން ކުރިއަށް އެބަދެއެވެ. މިމުބާރާތް އޮތީ ހިތަދޫ ސްޓޭޑިއަމްގައެވެ.
އައްޑޫގެ ހުރިހާ ސްކޫލެއް މިމުބާރާތުގައި ތަމްޞީލް ކުރާއިރު، ދެ ގުރޫޕަކަށް ބަހާލެވިގެން 7 ޓީމް ކުޅޭނެއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލެވެ. އެމެޗް ނިމުނީ 3-4 އިން ހިތަދޫ ސްކޫލް މޮޅުވެގެންނެވެ.
މެޗު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ، ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ.
މިމެޗުގައި ހިތަދޫ ސްކޫލްގެ ކުޅުންތެރިންޔާ މުޙައްމަދު އައިމަން ޙަސަން (ޖ#7) ވަނީ 3 ގޯލްޖަހައި ހެޓްރިކް ހަދާފައެވެ. ހަމައެހެންމެ ޝަރަފުއްދީން ސްކޫލްގެ ޒާދު މުޙައްމަދު ޚާލިދު (ޖ#10) ވެސް ވަނީ 3 ގޯލާއިއެކު ހެޓްރިކެއް ހަދާފައެވެ.
މިމެޗުގެ މޭން-އޮފް-ދަ-މެޗް (އެންމެ މޮޅު ކުޅުންތެރިޔާ) އަކަށް ހޮވިފައިވަނީ، ހިތަދޫ ސްކޫލްގެ މުޙައްމަދު އައިމަން އެވެ.
ވީޑިއޯ، ފުރަތަމަ މެޗު ފެށުމުގެ ރަސްމިއްޔާތު ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް




ހިތަދޫ ސްކޫލް ޓީމް، ގޯލްޖެހި ކުޅުންތެރިން
- މުޙައްމަދު އައިމަން ޙަސަން (7) - 3 ގޯލު
- އަޙުމަދު ހޫދު ހަސަން (11) - 1 ގޯލު
ޝަރަފުއްދީން ސްކޫލް ޓީމް، ގޯލްޖެހި ކުޅުންތެރިން
- ޒާދު މުޙައްމަދު ޚާލިދު (10) - 3 ގޯލު

މިމެޗުގެ ރެފްރީކަން ކޮށްފައިވަނީ މުޙައްމަދު އިމްތިޔާޒެވެ. އެސިސްޓެންޓް ރެފްރީ އަކީ އަހުމަދު މުފީދެވެ.
މިޔުމާއި ގުޅޭ :
އެފްއޭއެމް 16 އަހަރުންދަށުގެ އައްޑޫ ފުޓުބޯޅަ މުބާރާތް، މިއަދު ހަވީރު ފެށޭނެ