އުކުޅަހުގައި ކުރިއަށްދިޔަ ވިޔަވަތި ކޮންފަރެންސްގެ ތެރެއިން

ހަބަރު

ލޭންޑްޔޫޒް ޕްލޭންތައް، މިނިސްޓަރު އަސްލަމް އަނެއްކާވެސް ދިފާޢުގައި ވާހަކަ ދައްކަވައިފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 29 މެއި 2022 , އާދީއްތަ 07:32   214

ވިއަވަތި ކޮންފަރެންސްގައި ފުރުޞަތު ލިބުމުން، ވަރަށް ގިނަ ކައުންސިލްތަކުން ޝަކުވާ އޮއްސަން ފެށީ ރަށް ރަށުގެ ލޭންޑްޔޫޒް ޕްލޭންތައް ނުނިމި ދިގުލައިގެންދާތީއެވެ.

އެމީން ބުނާގޮތުން، އެކަން އެގޮތަށް ދިމާވަނީ ޕްލޭނިން މިނިސްޓްރީގެ އުނދަގޫތަކާއި ހެދިއެވެ. އަދި ލޭންޑްޔޫޒް ޕްލޭންތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރަށްރަށުގެ ތަރައްޤީގެ ހުރިހާ ކަމާއި، ކައުންސިލްތަކުގެ ހިންގުން ހުއްޓިފައިވާކަމަށް ބުނެފައިވެއެވެ.

ފުރުޞަތު ލިބުމުން މިނިސްޓަރ މުޙައްމަދު އަސްލަމް ވަނީ ލޭންޑްޔޫޒް ޕްލޭންތަކާއި ގުޅޭގޮތުން ހެދިފައިވާ އުސޫލްތައް ދިފާޢުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން އަސްލަމް ވިދާޅުވީ، އެކަމަށް އޮތީ ޓެކްނިކަލް ޙައްލެއްކަމަށެވެ. އަދި ޑްރޯން ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އެއީ ފަސޭހައިން ޙައްލު ހޯދިދާނެކަމެއް ކަމަށެވެ. އަދި ޕްރެޒެންޓޭޝަނެއްގެ ޒަރީޢާއިން އިތުރަށް ތަފްޞީލްވެސް ދެއްވާފައެވެ.

މީގެ ކުރިން، މިދިޔަ ހަފްތާގައި މިނިސްޓަރ އަސްލަމް ވަނީ، މަޖިލިސް މެމްބަރަކު ލޭންޑްޔޫޒް ޕްލޭންތަކަށް ލުއި ހޯއްދަވަން އެދިވަޑައިގަތުމުން، އެއީ އެމަނިކުފާނަށް ކުރެވޭނެކަމައް ނޫންކަމަށާއި، އެމަނިކުފާނަކީ ޤާނޫނުތަކުގެ މަތީގައި ހުންނަވާ ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެޕްލޭންތަކަކީ އޭގެ ޒާތުގައި ވެސް ކޮންމެހެން ހައްދަވަން ޖެހޭ އެއްޗެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.

ލޭންޑްޔޫޒް ޕްލޭންގެ މައްސަލައިގައި، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ، އެލްޖީއޭ އިންވެސް ވާހަކަ ދައްކަވާފައެވެ. އެލްޖީއޭގެ ސީއީއޯ އަފްޝަން ލަޠީފް އެކްސްޕްރެސް ނޫހާއި ވާހަކަދައްކަވަމުން، ދާދިފަހުން ވިދާޅުވީ، އެއީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާއި ޤާނޫނުގައި ބުނާގޮތަށް ލޭންޑްޔޫޒް ޕްލޭންތައް ހަދަން ބޭނުންވާވިންވަރަށް ދިވެހިން ނުލިބޭކަމަށެވެ. އަދި އެކަމަށް ޙައްލުގެންނަން އިތުރު ފައިސާ ބޭނުންވާކަމަށެވެ. އެމަސައްކަތުގައި މިހާރުގެ އިންޑިއާއިން އެހީ ހޯއްދަވަން މަސައްކަތްކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

އުކުޅަހުގައި މިއަދު އޮތް ކޮންފަރެންސްގެ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް ލޭންޑްޔޫޒް ޕްލޭންތައް ހެދުމުގައި ދިމާވާ ދަތިތައް ޙައްލުކޮށްދެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އަސްލަމްގެ ވާހަކަތައް ދިފާޢުވެސް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ އަސްލަމް ވިދާޅުވާގޮތަށް ހުރިހާ ކައުންސިލުތަކަކުން ވެސް ފުރަތަމަ ލޭންޑްޔޫޒްޕްލޭންތައް ހައްދަވައިގެން ގެންނެވުމަށެވެ. އަދި ޕްލޭންތައް ފުރިހަމަކުރުމުގައި އިތުރުއެހީތެރިކަން ލިބޭނެކަމަށެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވިގޮތުގައި، ޤާނޫނަށް ބަދަލުގެނެވި، ކައުންސިލްތަކުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް ލޭންޑްޔޫޒް ޕްލޭން ހެދުން ވެފައިވީނަމަވެސް ދަތިއުނދަގޫތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުކަންކަން ކަންކަން ތަރުތީބުކު ރެވިގެންދާއިރު ލޭންޑްޔޫޒް ޕްލޭންގެ މައްސަލައަށް އެކަށޭނަ ޙައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

ޓެގްސް: އެލްޖީއޭ ލޭންޑްޔޫޒް ޕްލޭން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.