މިމެޗުގައި ޖެހުނު ހަމައެކަނި ގޯލް ލިވަރޕޫލްގެ ގޯލަށް ވަންނަނީ.

ކުޅިވަރު

ޗެމްޕިއަންސް ލީގު: ލިވަފޫލާއި ދެކޮޅަށް ކުޅެ ރެއާލުން ތަށި ހޯދައިފި

އަލީ އަޒްޔަން - ޔޫރަޕް | 29 މެއި 2022 , އާދީއްތަ 09:17   187

އިނގިރޭސިވިލާތުގެ ލިވަރޕޫލް އާއި ދެކޮޅަށް ކުޅެ، ޔޫއެފާ ޗެމްޕިއަންސް ލީގް ސާދަވަނަ ފަހަރަށް ކާމިކިޔާބުކޮށް ސްޕޭނުގެ ރެއަލް-މެޑްރިޑުން އަނެއްކާވެސް ތާރީޚްގެ ތެރެއަށްވަދެއްޖެއެވެ.

ފްރާންސްގެ ޕެރިހުގައި ހުންނަ އެޤައުމުގެ ޤައުމީ ސްޓޭޑިއަމް ގައި ރޭގެ ފައިނަލް މެޗުކުރެން ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖެހިއިރު ފަށަން އޮތްނަމަވެސް، ދަނޑަށް މީހުން ވެއްދުމުގައި ދިމާވި މައްސަލަތަކާއި ހެދި 37 މިނިޓަށް މެޗު ލަސްވެގެނސް ދިޔައެވެ. ޓީމްތަކުން ވަނީ އިންތިޒާމުތަކާއި ދޭތެރޭ ހިތްހަމަ ނުޖެހޭކަމަށް ބުނެ ނުރުހުން ފާޅުކޮށްފައެވެ.

މިމެޗްގައި ޖެހި ހަމަ އެކަނި ގޯލް ޖަހާފައިވަނީ ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ތަރި، ވިނިސިއަސް ޖޫނިއަރ ގޯލާއި ވަރަށް ގާތުން 59 ވަނަ މިނެޓްގައި ޖެހިގޯލެވެ.

ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތަށި އުފުލާލަނީ

މެޗުގެ އުސްއަލިތައް

މެޗުގެ ހަމަ އެކަނި ގޯލު ޖަހާ މަންޒަރު

ޓެގްސް: ލިވަރޕޫލް ރެއަލް މެޑްރިޑް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.