"ޔޫ ހިއާރ" ދެމީހުންނަށް ވެސް އެއްފަހަރާ ވަރަށް ބާރަށް ބުނެވުނެވެ. ކުރިމާތީގައި ފެންނަން ހުރި ސޫރަ ފެނުމުން އަހަރެންގެ ހިތަށް ނުތަނަވަސްކަންވެރިވިއެވެ. ކުރިމަތީގައި ހުރި ޒުވާނާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހައިރާންކަމެވެ. ލަޔާން އަކީ އަހަރެންގެ ކޮލެޖްގައި އަހަރުމެންގެ ކުރިން ކޯސް ނިންމި ބެޗްގެ ކުއްޖެކެވެ. އަދި އެ ފަރާތެއްގެ ފުށުން އެތަކެއް ދުއްތުރާލު ތަކާއި ވެސް ކުރިމަތި ލާންޖެހުނު ޒުވާނެކެވެ. ލަޔާން އަކީ ސީނިއާރ ބެޗް އިން ފެށިގެން ޖޫނިއާރ ބެޗްގެ ހުރިހާ ކުދިންގެވެސް ހިތުގެ ރާޖާއެވެ. ބިޔަ ރިތި ހަށިގަނޑެއެގެ ވެރި ފުރިހަމަ ޒުވާނެކެވެ. ނިމުނީއެއް ނޫނެވެ.ލަޔާން އަކީ ކޮލެޖްގެ ހުރިހާ ޓީޗަރުންގެ ވެސް "ފެވަރިޓެވެ". ކިޔެވުމަށްވެސް އެހާ މޮޅު ފަރާތެކެވެ. "ބިއުޓި ވިތް ބްރެއިންސް"ގެ ފުރިހަމަ ނަމޫނާއެކެވެ. ލަޔާންގެ ނިޝާނަކަށް އަހަރެންވުމީ އަހަރެން އުފާވާންވީ ކަމެއް ނޫނީ ނޫންކަމެއް ނޭގުނެވެ. އެނގޭހާވެސް އެއްޗަކީ އެ ދުވަހު އަހަރެންނަށް ލަޔާންގެ ލޯބި ވެގެން ދިޔައީ އަހަރެންގެ ކިޔެވުމަށް އެޅޭ ހުރަހަކަށެވެ. އެންމެ ފަހު ސިކުންތާ ޖެހެންދެންވެސް ލަޔާން އޭނާގެ ލޯބި ކާމިޔާބު ކުރެވޭތޯ އިންތިހާ އަށް މަސައްކަތްކުރިއެވެ. އަހަރެންވެސް ހުރީ އަހަރެންގެ ގޮތުގައެވެ. ހުރި ތަނުން ގުޑިވެސް ނުލަމެވެ.
"ނަބާ ވެސް މިތާނގަތަ މަސައްކަތް ކުރަނީ" ލަޔާން ސުވާލްކޮށްލުމުން އަހަރެން ބޯހޫރާލީމެވެ. "އަދިއަކު ނޫންދޯ ނަބާ! އެކަމަކު ވަރަށް އަވަހަށް ޖޮއިން ކުރާނެ ކަންނޭނގެ..ތި ދޯ އަލަށް ޖޮއިން ކުރާ ޑޮކްޓާރ؟ އަޔާނީ އާދައިގެމަތިން އެންމެންނާ އަނގަތަޅާހެން ލަޔާންއާއި ވެސް ވާހަކަ ދައްކަންފެށިއެވެ.ދެމީހުން ދެމީހުންނަށް ތައާރަފްވިއިރުވެސް ލަޔާންގެ ތޫނު ނަޒަރު ހުއްޓިފައި ހުރީ އަހަރެންނާއި ދިމާލަށް ވުމުން އަހަރެންނަށް އުނދަގޫވާންފެށިއެވެ. އަހަރެން އަވަހަށް އެތަނުން ދާން މަސައްކަތް ކުރުމުން އަޔާނީ ވެސް ލަޔާން އަށް ބާއި ކިޔުމަށްފަހު ހިނގައިގަތެވެ. "ހޮޓް ދޯ؟" އަހަރެންނަށް ހަމައެކަނި އަޔާނީ އަށް ޖަވާބަކަށް ދެވުނީ ހިނިތުންވުމެކެވެ. އައިޖީއެމްއެޗްގެ މައިދޮރާޝިން ދެމީހުން ވެސް އެކަކު އަނެކަކަށް އަލްވަދާޢު ކިޔުމަށްފަހު ވަކިވެލީމެވެ. ދޮންބެގެ އިންތިޒާރުގައި ހުއްޓާ އަހަރެންނާއި ދިމާލަށް ލަޔާން އަންނަތަން ފެނުމުން އަވަހަށް ދާންވެގެން އަވަސްއަވަހަށް ކައިރިންދިޔަ ޓެކްސީ މަޑުކުރުވައިގެން ޓެކްސީ އަށް އެރީމެވެ. ޓެކްސީ ގޮސް ގެއާއި ހަމައަށް ކައިރިވަންދެން އަހަރެންގެ ސިކުނޑި އާއި ހިތުގައި ހިނގަމުން ދިޔައީ ލަޔާންގެ ހިޔާލުތަކެވެ.ގެ ކައިރިއަށްކާރު މަޑޫކުރުމުން ކާރުން އެރިގެން ގެއަށް ވަންތަނާ ދޮންބެ ގުޅިއެވެ.
ގޭގައި ކަމަށް ބުނެ އުނދަގޫ ކުރެވުނީތީ މާފަށް އެދެމުން ފޯނު ކަނޑައިލުމަށްފަހު ކޮޓަރި ތެރެއަށް ވަދެ އެނދުމަތީގައި އޮށޯވެލީމެވެ. އަދި އަޔާނީކުރި ސުވާލާއިމެދު ވިސްނުނެވެ. އާނއެކެވެ. މީގެ އެއްއަހަރު ކުރިއާ ލަޔާން ހާސްބައި ތަފާތެވެ. އެތަށް ގުނަ ފުރިހަމައެވެ. ލަޔާންގެ އަޅިކުލައިގެ ދެލޮލަކީ ލަޔާންގެ ރީތިކަމަށް އިތުރުވާ ބޮޅެކެވެ. އަހަރެން ލަޔާން އާއި ދުރުގައި އުޅުމަށް ނިންމި ނިންމުމުގެ ހުރަހަކަށް ވެގެންދިޔައީ އޭގެ އަނެއްދުވަހު އައިޖީއެމްއެޗްއިން އައި ފޯނުކޯލެވެ. މާދަމާ ޑިއުޓީ އަށް ނިކުތުމަށް އެންގި އެންގުމެވެ.
އަހަރެން ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވިނަމަވެސް އުފާންވާންވުމުން ވެސް އަހަރެންގެ ހިތަށްވެރިވީ އާދަޔާހިލާފު އިހްސާސެކެވެ. އުފާވިނަމަވެސް ހިތުގެ ކަނެއްގައި ވަރަށް އެހެންކަހަލަ އިހްސާސްސެއް ދިޔައީ ވަމުންނެވެ. ވަޒީފާ ލިބުމުން އެންމެންވެސް މަރުހަބާ ކިޔެވެ. އަދި އެރޭ އަލަށް ވަޒީފައަށް ނިކުންނަން ލާނެ ހެދުންތަކާ އެހެން އެއްޗެހި ގަތުމަށް އަހަރެން ބޭރަށް ދިޔައީ އަޔާނީ އާއި އެކުގައެވެ. އެކި ފިހާރަތަކެއް ގޮސް ކައިގެން ނިމިގެން ގެއަށް ދިޔައިރު 2330 ވެ ބޮޑު ވެއްޖެއެވެ. މާދަމާ ނިކުންނަން ޖެހެނީ ހެނދުނު ކަމުން ހެދުން އިސްތިރި ކުރުމަށްފަހު އަވަހަށް ނިދަން އަރައި ލޯ މަރާލީމެވެ.
ފުރަތަމަ ދުވަހު ވެސް ގަޑި ޖެހިދާނެތީ އަވަސް އަވަހަށް ތައްޔާރު ވެލީމެވެ. މަޑު ނޫކުލައިގެ ދިގު ހެދުމަކާއި ގަދަ ނޫކުލައިގެ ބުރުގާ އެއް އަޅީ އަހަރެންނަށް އެންމެ ކަމުދާ ކުލަޔަކީ ނޫކުލަ ކަމުގައިވާތީއެވެ. ބޭބެ އާއިއެކު ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ވެސް ދިޔައީ ލަޔާން އާއި އެއް ޑިއުޓީއަކަށް ނުޖެހޭތޯ ދުއާކުރަމުންނެވެ. ބޭބެ އަހަރެންލައިދިނުމަށްފަހު ދިއުމުން އެތެރެއަށް ވަންނަން މިސްރާބު ޖެހިއިރު އަހަރެންނާއި އެކު ހޮސްޕިޓަލް ތެރެއަށް ވަނީ ދެވަނަ އެހެން ފަރާތެއް ނޫނެވެ. ލަޔާންއެވެ. އަވަހަށް ހިނގައިގަތުމުން ކަހާއިލައިގެން އަހަރެން ވެއްޓުނެވެ. އެހެނަސް ބިމުގައި ޖެހުމުގެ ބަދަލުގައި ލަޔާން އަހަރެން ގައިގައި ދެއަތުން ހިފައިލިއެވެ.ލޯ ހުޅުވާލިއިރު ލަޔާންގެ ދެމީހުންގެ ނަޒަރު ވެސް އެކަކު އަނެކަކަށް ހުއްޓުނެވެ. ހޭވެރިކަންވީ ކައިރިންދިޔަ ބަޔަކު ހޭން ފެށުމުންނެވެ. އެހެން ދިޔަ ނަރުހެއްގެ އެހީއާއެކު އަހަރެންގޮސް އަހަރެންގެ ކެބިން އަށް ވަނީމެވެ. ހަމަޖެހިލުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. 4 ޖެހިއިރު ނިމުނު ނަމަވެސް ބޭރަށް ނުގޮސް މަޑުކޮށްލީ ލަޔާން ވެސް ނިމޭނީ އެ ގަޑީގައި ކަމުން ލަޔާން ދާހާއިރު ކޮށްފައި ނިކުންނަން ވެގެންނެވެ.
415 ވުމުން އަވަސް އަވަހަށް ބޭރަށް ނިކުމެ ގެއަށް ދިޔުމަށް ދޮންބެ އަށް ގުޅުމަށް ފޯނު ނެގިއިރު ފޯނު އޮތީ ނިވިފައެވެ. އަނބުރާ ހޮސްޕިޓަލަށް ނުވަންނަން ވެގެން ހުރެ ހުރެ ހުސް ޓެކްސީ އެއްވެސް ނުލިބުނެވެ. އެހެންކަމުން މަޑުމަޑުން ހިނގާފައި ގެއާއި ދިމާލަށް މިސްރާބުޖެހީމެވެ. ކައިރިން އިވެމުންދިޔަ ރާޅު ބިންދާއަޑައި ދިމާލަށް އަހަރެންގެ މިސްރާބު ބަދަލުވީ ކުޑަކޮށް ހަމަޖެހިލުމަށް ބޭނުންވީތީއެވެ. އެ ދިމާލަށް ފައިބައިގެން ހަމަޖެހިލައިގެން ގޮނޑުދަށުގައި އިށިނދެގެން ހުއްޓާއި އަހަރެންނާއި ވަރަށް ގާތުގައި ފިރިހެނަކު އައިސް އިށީނެވެ. ނުދަންނަ މީހެއްކަމުން އަވަސް އަވަހަށް ތެދުވިލާފައި ދާން ހިނގައިގަތުމުން އިތުރު 2 ފިރިހެނުން އައިސް ކުރިމަތީގައި މަޑުކޮށްލިއެވެ. ހިތުގައި ބިރުވެރިކަން އުފެދި ނޭވާ ހާސްވާންފެށިއެވެ. ދެލޯ ކަރުނުން ފުރުނެވެ. އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް އަހަރެންގެ އެންމެ ފަހު ދުވަހަށް ވީބާއޭ ހިތަށްއެރިއެވެ.
ދަހިވެތި ނަޒަރުން ލާނެއް ހިނިތުންވުން ތަކާއިއެކު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި 3 ޒުވާނުންގެ ފަރާތުން ސަލާމަތްވާނެ ގޮތެއް ފެނޭތޯ އަހަރެން އަހަރެންގެ ދެފަރާތް ހޯދައި ބަލާލީމެވެ. އަތިރިމައްޗަށް ފައިބައިގެން އައި ލަޔާންފެނި ގޮތް ހުސްވެފައިވި އަހަރެންގެ ހިތަށް އާ އުންމީދުތަކެއް ލިބުނެވެ. އާ ހިތްވަރެއް ލިބުނު ކަހަލައެވެ.
އަހަރެންގެ ކުރިމަތީ ބަނޑުހައިހޫނު ވެފައި ތިބި މިނިކާވަގު ތަކުންގެ އަތްދަށޫން ސަލާމަތް ވެގެން އަހަރެން ދުވެފައި ގޮސް އޮޅުލައިގަނެވުނީ ލަޔާންގެ ގައިގައިއެވެ. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ދިޔައީ ލަޔާން އަހަރެންގެ ހަށިގަނޑުގައި ކޫރުމެއްވެސް އެޅުނަ ނުދޭނެޔޭ ތަކުރާރުކޮށް ބުނަމުންނެވެ. އޭނާގެ ދެއަތުން ހިފައި ބާރުކޮށްލުމުން ހީވީ މުޅިދުނިޔެއަށް އަހަރެން ފޮރުވާލިހެންނެވެ.
"ނަބާ އާރ ޔޫ އޯކޭ؟" އަހަރެންގެ މަރާލެވިފައިވި ދެލޯ ހުޅުވައިލި ލަޔާން ސުވާލުކޮށްލުމުންނެވެ. ލަޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑޫވުމެވެ. ލަޔާންގެ ސުވާލަށް ޖަވާބު ދެމުން އަހަރެން ބޯ ޖަހައިލީމެވެ. އަހަރެންގެ އަތުގައި ހިފައިގެން ލަޔާން ގޮސް ކާރަށް އެރުވުމުންވެސް އަހަރެން އުފް އޭވެސް ނުބުނަމެވެ. އަހަރެންގެ ހިތަށް ވެރިވެފައިވީ ބިރުވެރިކަން ފިލައިނުދާތީއެވެ. އެވަގުތު މީޙެއްގެ ހިމާޔަތަށް ބޭނުންވެފައިވުމުންނެވެ. މަޑުމަޑުން ގޮސް ކާރު ގެއާއި ކައިރީގައި މަޑު ކޮށްލުމުން އަނެއްކާވެސް ލަޔާން އަހަރެން ރަނގަޅުހޭ އަހާލިއެވެ.
"އައިމް ފައިން. ތެންކިއު ވަރަށް ބޮޑަށް މިއަދު ލަޔާން އެތަނަށް ނުއައިނަމަ ފެންނާނީ އަހަރެންގެ ފުރާނަނެތް......." އަހަރެންގެ އަގަ މަތީގައި ލަޔާން އަތް އަޅައިލިއެވެ. ވަގުތު ހުއްޓުނު ކަހަލައެވެ.
"އަހަރެން ދިރި ހުއްޓާ ނަބާ އަށް އެއްވެސް ގޮތެއް ވިޔަކަ ނުދޭނަން. އެންޑް ޔުލް ނޯރ ދެޓް ރިއަލީ ވެލް" އެހެން ބުނަމުން އަހަރެންގެ އަގަ މަތީގައި އަޅާފައި އޮތް ދެއަށް ނަގައިލިއެވެ. ތެޅި ތެޅި އޮތް ހިތާއެކު މަންމަމެންނަށް މިއަދު ހިނގައި މިދިޔަ ހާދިސާ ނޭގެނެހެން ހަމަޖެހެން މަސައްކަތްކުރުމުން ގެއަށް ވަންނަން މިސްރާބު ޖެހިތަނާހެން ލަޔާން ގޮވާލިއެވެ. އަދި ކާރުން ފައިބައިގެން އައިސް އަހަރެންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ވަރަށް ކައިރިއަށް ޖެހިލިއެވެ.
"ނަބާ އަހަރެން......................................."
(ނުނިމޭ...)