އިމްރާން ހާން

މުނިފޫހިފިލުވުން

އިމްރާން ހާން މިފަހަރު ޑައިރަކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް

ދާނިޝް - އިންޑިއާ | 29 މެއި 2022 , އާދީއްތަ 17:27   202

ބޮލީވުޑްގައި ވިދާލި ތަރިއެއް ކަމަށްވާ އިމްރާން ހާން އެނބުރި ފިލްމީ ދާއިރާއަށް ނުކުމެދާނެކަމުގެ ވާހަކަތަކެއް ފެންމަތި ވެއްޖެއެވެ.

ފިލްމީ ދާއިރާއިން އިމްރާން ހާން 2015 ވަނަ އަހަރު ނިކުތް "ކައްޓީ ބައްޓީ" ފިލްމަށްފަހު ނުފެނެއެވެ. ނަމަވެސް އޭގެ 7 ވަރަކަށް އަހަރު ފަހުން އިމަރާން ހާން އަނެއްކާވެސް ފިލްމީ ދާއިރާއަށް ނިކުމެދާނެ ކަމުގެ ވަހަކަތަކެއް މިދަނީ ދެކެމުންނެވެ. ހާން ގެ ގާތް މީހުން ބުނި ކަމަށް މީޑިއާ ތަކުން ރިޕޯޓުކުރަމުން ދަނީ އެކްޓަރެއްގެ ރޯލުތަކުން ހާން ގެއްލުނަސް ޑައިރެކްޓަރެއްގެ ގޮތުގައި އިމްރާން ބޮލީވުޑުން ފެނިދާނެ ކަމަށެވެ.

މި ރިޕޯޓުތަކުން ބުނާގޮތުން އިމްރާން ހާން މިވަގުތުވެސް ދަނީ ސްކްރިޕްޓެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ޑައިރެކްޓް ކުރާ މި ފިލްމެއް 2023 ވަނަ އަހަރު ފެނިގެންދާނެ ކަމަށެވެ. ހަމައެހެންމެ އިމްރާން ހާން އެންމެ ކުރީއްސުރެވެސް ފިލްމު ކުޅހުމަށްވުރެ ބޮޑަށް ޝައުގުވެރިކަން ހުންނަނީ ޑައިރެކްޓިންގް އަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިމްރާން ހާން ބޮލީވުޑްގައި މަޝްހޫރުވެގެން ދިޔައީ "ޖާނެ ތޫ...ޔަ ޖާނެ ނާ" އަދި "އައި ހޭޓް ލަވް ސްޓޯރީސް" ފަދަ ފިލްމުތަކުންނެވެ.

ޓެގްސް: ބޮލީވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.