ވިއަވަތި ކޮންފަރެންސްގެ ތެރެއިން

ހަބަރު

ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ތައާރަފްކުރަނީ

ދާނިޝް - ދިވެހި ރާއްޖެ | 29 މެއި 2022 , އާދީއްތަ 15:12   171

މި އަހަރުގެ ފަހުކޮޅު ރާއްޖޭގައި ޑިޖިޓަލް އައިޑީކާޑު ތައާރަފްކުރެވިގެންދާނެ ކަމަށް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދަޅުވީ އއ. އުކުޅަހުގައި ފެށިގެން ކުރިއަށް ދަމުންދާ ވިއަވަތި ކޮންފަރެންސްގައި ކައުންސިލަކުން ހުށަހެޅި ހުށަހެޅުމަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. މި ކޮންފަރެންސަކީ ލާމަރުކަޒީ ނިޒާމުން ބާރުތައް ކައުންސިލްތައް ދޫކޮށްލަން ގާނޫނަށް ގެނައި އިސްލާހުތަކުގެ ނަތީޖާ އާއި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ކައުންސިލްތަކުން ހުށަހަޅައި ހުށަހެޅުންތައް ހިއްސާކުރުމާއި އެކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ހުށަހެޅިގެން ދިޔަ އެއްކަމަކީ އައިޑީކާޑު ވެރި ރަށް މާލެއިން އެކަނި ހެދެވޭ ހެދުން ބަދަލުކޮށް އަތޮޅު ކައުންސިލުތަކަށް އައިޑީކާޑު ޕްރިންޓް ކުރވޭނެ ނިޒާމެއް ފަހިކޮށްދިނުމަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީކާޑު ނެރުމުގެ މަސައްކަތް މިހާރު އޮތީ ނިމުމަކާ ގާތްވެފަކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ޑޭޓާ އެޅުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަބަދުވެސް ޒަމާނީ ފަސޭހަތަކާއި އެކު ރައްޔިތުނަށާއި ކައުމްސިލްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ގެންގުޅުން ކަމުގައިވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފަހަގަކުރެއްވިއެވެ.

ޑިޖިޓަލް އައިޑީކާޑު ތައާރަފް ކުރާ މި އައު ނިޒާމުގެ ދަށުން އައިޑީގެ ވެރިފަރާތާއި ގުޅުން ހުރި ރަސްމީ މައުލޫމާތު އެ ފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދެވޭނެފަދަ ހިދުމަތެއް ތަރައްގީވެގެންދާނެއެވެ. އަދި ދައުލަތުގެ އިދާރާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ ހިދުމަތް އެންސީއައިޓީ އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އާއި ގުޅިގެން ތަރައްގީކުރާގޮތައްވެސް ވަނީ ހަމަޖެހިފައެވެ.

ޑިޖިޓަލް އައިޑީކާޑުގެ ހިދުމަތް ލިބެންފެށުނު ކަމުގައިވިޔަސް އައިޑިކާޑު ޕްރިންޓް ކުރެވޭނެ ކަމަށް މިނިސްޓަރު ޝައުނާ ވަނީ ވިދާޅުވެފައެވެ.

ޓެގްސް:
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.