ރެއާލްގެ ކެޕްޓަން މާސެލޯ ޗެމަޕިއަންސް ލީގުގެ ތައްޓާއި އެއްކޮށް

ކުޅިވަރު

ރެއާލްގެ ކެޕްޓަން މާސެލޯ ޗެމްޕިއަންސް ލީގުގެ ތައްޓާއެކު ކްލަބުން ވަކިވަނީ

ދާނިޝް - ޔޫރަޕް | 29 މެއި 2022 , އާދީއްތަ 23:30   410

ޔޫއެފާ ޗެމްޕިއަންސް ލީގު 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑާއެކު ކާމިޔާބުކޮށް ޓީމަށް ތަށި އުފުލާލަދިން ކެޕްޓަން މާސެލޯ ވިއެރާ ކްލަބް ދޫކޮށްލާކަން އިއުލާނުކޮށްފިއެވެ.

އޭނާ މިކަން އިއުލާނުކުރީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުންނެވެ.

" ވަރަށް ޙާއްސް އިހުސާސެއް ކުރެވެނީ މިއީ އަހަރެން ރިއާލް މެޑްރިޑާއެކު ކުޅޭ ފަހު މެޗަށް ވުމުން. އަހަރެން ރެއާލް މެޑްރިޑް ދޫކޮށް މިދަނީ ޗެމްޕިއަންސް ލީގުގެ ތަށްޓާއެކު ފަރަށް ފޯރިއާ އުފަލާއެކު. މިއީ ދެރަ ވާންވި ދުވަހެއް ނޫން" މާސެލޯ ބުންޏެވެ.

މާސެލޯ ރެއާލްއާއި ގުޅުނީ 2007 ގައެވެ. އޭނާ ރެއާލްއާއެކު މިހޭދަކުރި 15 އަހަރުގައި ވަނީ ކްލަބާއި އެއްކޮށް 550 މެޗު ކުޅެފައެވެ. އަދި އޭނާ ކްލަބާއި ވަކިމިވަނީ ކްލަބާއިއެކު 25 މުބާރާތުގެ ތަށި ކާމިޔާބުކުރުމަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ފުޓުބޯޅަ ރެއަލް މެޑްރިޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.