މިއަދުގެ މެޗުގައި ހިތަދޫ ސްކޫލް އާއި އިރުޝާދިއްޔާ ސްކޫލް ބައްދަލުކުރަނީ

ކުޅިވަރު

އެފްއޭއެމް އައްޑޫ އިންޓަރސްކޫލް U16 ޓޯނަމެންޓް، ގްރޫޕްމެޗުތަކުގެ ނަތީޖާ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 8 ޖޫން 2022 , ބުދަ 19:53   1354

އެފްއޭއެމް އައްޑޫ U16 ފުޓުބޯޅަ މުބާރާތް ކުރިއަށް ދާނީ މޭއި މަހުގެ 28 އިން ޖޫން 12 އަށް އައްޑޫ ސްޓޭޑިއަމްގައެވެ. އައްޑޫގެ ހުރިހާ ސްކޫލެއް މިމުބާރާތުގައި ތަމްޞީލް ވެގެންދާއިރު، ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލެވިގެންނެވެ.

ބާރަ ވަނަ މެޗު : ހިތަދޫ ސްކޫލް 5 - 0 އިރުޝާދިއްޔާ ސްކޫލް

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ހިތަދޫ ސްކޫލުންނެވެ. އެއީ 34 ވަނަ މިނެޓުގައި، އެޓީމްގެ އަހުމަދު އަރްސަލް ރޫހުލް އަމީން (ޖ#21) އެވެ. ފުރަތަމަ ހާފް ނިމުނު އިރު އިތުރު ގޯލެއް ޖެހިފައި ނުވެއެވެ.

ދެވަނަ ހާފުގައި އަރްސަލް ވަނީ ދެ ގޯލު ޖަހާފައެވެ. އޭނާގެ އިތުރުން ގޯލު ޖަހާފައިވަނީ ޒައިދު (ޖ#10) އާއި ހޫދު (ޖ#11) އެވެ.

މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ.

މެޗުގެ މޭން-އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ އަރްސަލް އެވެ.

އެގާރަ ވަނަ މެޗު : ފޭދޫ ސްކޫލް 3 - 0 މަރަދޫ ސްކޫލް

މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފްގެ 19 ވަނަ މިނެޓުގައި ފޭދޫ ސްކޫލުގެ ހަސަން އުލްވާން ރަޝީދު (ޖ#10) އެވެ. ދެވަނަ ހާފުގައި ގޯލު ޖަހާފައިވަނީ އެޓީމުގެ މުހައްމަދު ނަބާލު ނާސިހް (ޖ#7) އާއި އާލީ އަބްދުއްﷲ (ޖ#14) އެވެ.

މެޗުގެ މޭން-އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ ފޭދޫ ސްކޫލްގެ މުހައްމަދު ނަބާލް ނާސިހް (ޖ#7) އެވެ.

މިމެޗުގައި ފޭދޫ ސްކޫލްގެ ޝިމާލް (ޖ#9) އާއި ނިހާލް (ޖ#21) އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.

ދިހަ ވަނަ މެޗް : ޝަރަފުއްދީން ސްކޫލް 6 - 1 އިރުޝާދިއްޔާ ސްކޫލް

ފުރަތަމަ ހާފް ނިމުނު އިރުވެސް 2 ގޯލާއި އެކު ކުރީގައި އޮތީ ޝަރަފުއްދީން ސްކޫލެވެ.

މިމެޗުގެ މޭން-އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ ޒާދު މުހައްމަދު ޚާލިދު (ޖ#10) އެވެ. ޒާދު މެމެޗުގައި ޖަހާފައިވަނީ އެއް ގޯލެވެ. ޒާދުގެ އިތުރުން މީކައިލް (ޖ#15) - 2 ގޯލު، ހައްޔު (ޖ#8) - 1 ގޯލު، އަދި ނަހްވާން (ޖ#9) - 3 ގޯލު ޖަހާފައިވެއެވެ.

މިމެޗުގައި ޝަރަފުއްދީން ސްކޫލްގެ އަހުމަދު މިޝްއަލް އަލީ ރަޝީދު (ޖ#1) އަށް މެޗުގެ 50 ވަނަ މިނެޓުގައި ރީނދޫ ކާޑެއް ދައްކާފައިވެއެވެ.

ނުވަ ވަނަ މެޗް : ސ.އަތޮޅު މަދުރަސް 15 - 0 ބީއެންއެޗް

މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ސ.އަތޮޅު މަދުރަސާއިން ވަނީ 8 ގޯލް ޖަހައި ބޮޑުތަނުން ކުރިހޯދާފައެވެ.

މިމެޗްގެ މޭން އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ ސ.އަތޮޅު މަދުރަސާގެ ދަރިވަރު ހަސަން ޒާމިލް (ޖ#10) އެވެ. އޭނާ ވަނީ މިމެޗުގައި 6 ގޯލު ޖަހާފައެވެ. އޭނާގެ އިތުރުން ގޯލް ޖަހާފައިވާ ކުޅުންތެރިންނަކީ ނިޝާރު ނަސީރު (ޖ#21) - 3 ގޯލު، އަލްކް އަހުމަދު ޝަމްވީލް (ޖ#14) - 3 ގޯލު، ހަސަން ލީވާން - 1 ގޯލު، މުހައްމަދު ޒާހިލް ސަމީއު - 1 ގޯލު، އަދި އަހުމަދު އިޝާން (ޖ#17) - 1 ގޯލު އެވެ.

މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައިނުވެއެވެ.

އަށް ވަނަ މެޗު : ޝަރަފުއްދީން ސްކޫލް 10 - 0 އިރުޝާދިއްޔާ ސްކޫލް

މިމެޗުގެ މޭން-އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ ޝަރފުއްދީން ސްކޫލްގެ ޒާދް މުހައްމަދު ޚާލިދު (ޖ#10) އެވެ. އޭނާ ވަނީ މިމެޗުގައި 4 ގޯލު ޖަހާފައެވެ. އަދި އެޓީމްގެ އަލީ ފާރިހް ޖަމާލް (ޖ#7) ވެސް ވަނީ 3 ގޯލު ޖަހާފައެވެ. ގޯލުޖެހި އިތުރު ކުޅުންތެރިންނަކީ، މީކާއިލް (ޖ#15)، އަލީ ޔާޒިން އައްބާސް (ޖ#13)، އަދި މުހައްމަދު އަކްމަލް (ޖ#5) އެވެ. މި ތިން ކުޅުންތެރިން، ކޮންމެ ކުޅުންތެރިއަކަށް ގޯލެއް ޖަހާފައިވެއެވެ.

މެޗުގެ 55 ވަނަ މިނެޓުގައި، އިރުޝާދިއްޔާ ސްކޫލްގެ އަހުމަދު ޝަޒްމީ ސައީދު (ޖ#10) އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.

ހަތް ވަނަ މެޗު : ފޭދޫ ސްކޫލް 12 - 1 ބީއެންއެޗް (ބިލަބޮންގ، ނޫރާނީ ސްކޫލް، އަދި ހިރާ ސްކޫލް)

މިމެޗު ފެށިގެން 3 މިނެޓްތެރޭ ފޭދޫ ސްކޫލްގެ ހަސަން އުލްވާން ރަޝީދު (ޖ#10) ގޯލެއް ޖަހާ ކުރިހޯދިއެވެ. އޭނާ ވަނީ އިތުރު 3 ގޯލާއިއެކު މިމެޗުގެ މޭން-އޮފް-ދަ-މެޗް ކަން ވެސް ހޯދާފައެވެ.

ފޭދޫ ސްކޫލުން ޖެހި އިތުރު ގޯލްތައް ޖަހާފައިވަނީ ޝާމިލް (ޖ#9) - 2 ގޯލު ، ޝިފާޒް (ޖ#14) - 2 ގޯލު ، ޝީޔާހް (ޖ#11) - 3 ގޯލު ، ސޮބާހް (ޖ#19) - 1 ގޯލު ، އަދި ނަބާލް (ޖ#7) - 1 ގޯލު އެވެ. އަދި ބީއެންއެޗް އިން ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ 62 ވަނަ މިނެޓުގައި އަލީ ނަޝްމީ ނާޝިދު (ޖ#7) އެވެ.

މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކާފައި ނުވެއެވެ.

ހަ ވަނަ މެޗް : ހިތަދޫ ސްކޫލް 7 - 2 ޝަރަފުއްދީން ސްކޫލް

މިމެޗުގެ މޭން-އޮފް-ދަ-މެޗް ކަން ހޯދާފައިވަނީ ހިތަދޫ ސްކޫލްގެ މުޙައްމަދު އައިމަން ހަސަން (ޖ#7) އެވެ. އޭނާ ވަނީ މިމެޗުގައިވެސް 3 ގޯލްޖަހާ ހެޓްރިކް ހަދާފައެވެ. އޭނާގެ އިތުރުން ހިތަދޫސްކޫލް ޓީމުން ގޯލު ގަޖާފައިވަނީ އަރްސްލާން ރޫޙުލްއަމީން، ހޫދު ހަސަން، އައްސާމް އާމިރު، އަދި ޔާސީން ޢަބްދުއްﷲ އެވެ.

ޝަރަފުއްދީން ސްކޫލްގެ ދެގޯލުވެސް ޖަހާފައިވަނީ ޖޯޒީ ނަމްބަރު 10، ޒާދު މުޙައްމަދު ޚާލިދުއެވެ.

މިމެޗުގައި ޝަރަފުއްދީން ސްކޫލްގެ މީކާއިލް އިޔާޒް ނަސީރު އަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ. އަދި ހިތަދޫ ސްކޫލް ޓީމުން ރާއިފް ނާޒިމް އާއި މުޙައްމަދު މިރާޙް މިރުޒާގަށް ވެސް ރީނދޫކާޑު ދައްކާފައިވެއެވެ.

މިއީ މުބާރާތުގައި މިދެޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ. ކުރިން ކުޅުނު މެޗުވެސް 4-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ހިތަދޫ ސްކޫލުންނެވެ.

ފަސް ވަނަ މެޗް : ސ.އަތޮޅު މަދުރަސާ 10 - 0 މަރަދޫ ސްކޫލް

މިމެޗުގެ ފުރަތަމަ ހާފް ނިމުނުއިރު ވެސް 3-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ ސ.އަތޮޅު މަދުރަސާއެވެ. މިމެޗުގެ މޭން-އޮފް-ދަ-މެޗް އަކަށް ހޮވިފައިވަނީ ސ.އަތޮޅު މަދުރަސާގެ ޙަސަން ޒާމިލް (ޖ#10) އެވެ. އޭނާ ވަނީ މިމެޗުގައި 5 ގޯލް ޖަހައިފައެވެ. އިތުރަށް ގޯލްޖަހާފައިވާ ކުޅުންތެރިންނަކީ، ނާހިލް އަގީލް، އަހުމަދު ޝަމްވީލް، ޒާހިލް ސަމީއު، ނިޝާރު ނަސީރު، އަދި ޙަސަން މުފްލިޙް އެވެ.

މިމެޗުގައި އެއްވެސް ކުޅުންތެރިއަކަށް ކާޑު ދައްކައިފައި ނުވެއެވެ.

ހަތަރު ވަނަ މެޗް: ހިތަދޫ ސްކޫލް 13 - 2 އިރުޝާދިއްޔާ ސްކޫލް

މިމެޗުގައި 6 ގޯލާއިއެކު މޭން-އޮފް-ދަ-މެޗް ހޯދާފައިވަނީ ހިތަދޫ ސްކޫލްގެ މުޙައްމަދު އައިމަން ހަސަން (ޖ#7) އެވެ. އޭނާގެ އިތުރުން އަހުމަދު ހޫދު ހަސަން އާއި އަހުމަދު ރަސާލް ރޫހުލްއަމީން ވަނީ ކޮންމެ ކުޅުންތެރިއަކަށް 3 ގޯލުޖަހާފައެވެ. އަދި އަހުމަދު ޔާސީން ޢަބްދުއްﷲ އާއި އަހުމަދު ޒައިދު ހަސަން ވެސް ވަނީ ކޮންމެ ކުޅުންތެރިއަކަށް ގޯލެއް ކާމިޔާބުކޮށްފައެވެ.

މިމެޗުގައި އައިމަން އަދި ނަޒީހް އަށް ރީނދޫ ކާޑު ދައްކާފައިވެއެވެ.

ތިންވަނަ މެޗް : ބީއެންސީ [ބިލަބޮންގ/ނޫރާނީ/ހިރާ] 0 - 10 މަރަދޫ ސްކޫލް

މިމެޗްގައި 4 ގޯލް ޖަހައި މޭން އޮފްދަ މެޗްކަން ހޯދާފައިވަނީ މަރަދޫ ސްކޫލްގެ އަބްދުއްﷲ އާފީ ރަޝީދު (10) އެވެ. އަލަން، ޔާނިއު، އަދި އާފީ ވަނީ، ކޮންމެ ކުޅުންތެރިއަކަށް 2 ގޯލު ޖަހާފައެވެ. މީގެ އިތުރުން މުލްހަމް އާއި ހައިބަން ވެސް ވަނީ ކޮންމެ ކުޅުންތެރިއަކަށް ގޯލެއް ޖަހާފައެވެ.

ދެވަނަ މެޗް: ފޭދޫ ސްކޫލް 0 - 5 ސ.އަތޮޅު ސްކޫލް

ސ.އަތޮޅު މަދުރަސާގެ ހަސަން ޒާމިލް (10) ވަނީ ހަތަރު ލަނޑުޖަހައި، މިމެޗުގެ މޭން އޮފް-ދަ-މެޗް ކަން ހޯދާފައެވެ. މިމެޗްގެ ފުރަތަމަ ގޯލް ޖަހާފައިވަނީ، އެޓީމްގެ އިޝާރް ނަސީރް (21) އެވެ.

ފުރަތަމަ މެޗް: ހިތަދޫ ސްކޫލް 4 - 3 ޝަރަފުއްދީން ސްކޫލް

މެޗު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުރީގެ މަޝްހޫރު ފުޓުބޯޅަކުޅުންތެރިޔާ، ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ.

މިމެޗުގައި ހިތަދޫ ސްކޫލްގެ ކުޅުންތެރިންޔާ މުޙައްމަދު އައިމަން ޙަސަން (ޖ#7) ވަނީ 3 ގޯލްޖަހައި ހެޓްރިކް ހަދާފައެވެ. ހަމައެހެންމެ ޝަރަފުއްދީން ސްކޫލްގެ ޒާދު މުޙައްމަދު ޚާލިދު (ޖ#10) ވެސް ވަނީ 3 ގޯލާއިއެކު ހެޓްރިކެއް ހަދާފައެވެ.

މިމެޗުގެ މޭން-އޮފް-ދަ-މެޗް (އެންމެ މޮޅު ކުޅުންތެރިޔާ) އަކަށް ހޮވިފައިވަނީ، ހިތަދޫ ސްކޫލްގެ މުޙައްމަދު އައިމަން އެވެ.

މިލިޔުމާއި ގުޅޭ އިތުރު ލިޔުންތައް:

އެފްއޭއެމް ސްކޫލް މުބާރާތުގެ ފެށުން : ހިތަދޫ ސްކޫލް 4-3 ޝަރަފުއްދީން

އެފްއޭއެމް 16 އަހަރުންދަށުގެ އައްޑޫ ފުޓުބޯޅަ މުބާރާތް، މިއަދު ހަވީރު ފެށޭނެ

ޓެގްސް: އެފްއޭއެމް ފުޓުބޯޅަ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.