ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ޢާއްމު ބައްދަލުވުން ހޮޓެލް ޖެންގައި ކުރިއަށްދާ މަންޒަރު

ހަބަރު

ބީއެމްއެލް އަށް 1.9bރ. ގެފައިދާއެއް، ބަހަންނިންމި 258mރ. ގެބޮޑުބައި ސަރުކާރަށް

އަލީ އަޒްޔަން - ކ. މާލެ | 30 މެއި 2022 , ހޯމަ 07:47   245

ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 39 ވަނަ އަހަރީ ޢާއްމު ޖަލްސާ ބާއްވައި، ޙިއްސާދާރުންގެ މެދުގައި ފައިދާ ބަހާނެ މިންވަރު ކަނޑައަޅައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ އާދީއްތަދުވަހުގެ ރޭ ހޮޓެލް ޖެންގައެވެ.

މިއަހަރުގެ ފައިދާ އަކީ އެހެން އަހަރުތަކާއި އަޅާބަލާއިރު ރިކޯރޑް ޢަދަދެކެވެ. ޓެކްސްއަށް ކެނޑުމަށްފަހު 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް އެކުންފުނިން ހޯދާފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 470 ޕަސެންޓް އަށް ވުރެވެސް ބޮޑު ފައިދާއެކެވެ.

މިފައިދާގެތެރެއިން 258 މިލިއަން ރުފިޔާ ޙިއްސާދާރުންގެ މެދުގައި ބަހަން ކަނޑައަޅާފައިވެއެވެ. އެއީ ޙިއްސާއަކަށް 48 ރުފިޔާގެ މަގުންނެވެ. މިދިޔަ އަހަރު ބަހާފައިވަނީ 80.7 މިލިއަން ރުފިޔާ، ޙިއްސާއަކަށް 15 ރުފިޔާގެ މަގުންނެވެ.

ބީއެމްއެލް ގެ އެންމެ ބޮޑު ޙިއްޞާދާރަކީ ދިވެހި ސަރުކާރު އެވެ. އެހެންކަމުން މިފައިދާގެ ބޮޑުބައެއް ސަރުކާރަށް ލިބޭނެއެވެ.

950 މުވައްޒަފުން މަސައްކަތްކުރާ، ބީއެމްއެލްގެ އަހަރީ ހިސާބުތައް ދައްކާގޮތުން އެބޭންކުގައި 27 ބިލިއަން ރުފިޔާގެ ޑިޕޮޒިޓް ބޭސްއެއް އޮތް އިރު، 300،000 އަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ.

ޓެގްސް: ބީއެމްއެލް އޭޖީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.