ޓޮޕްގަން : މެވްރިކް ގެ މަންޒަރެއް، މިއީ ޓޮމްކްރޫޒްގެ އެންމެ ކާމިޔާބު ފިލްމަށްވުން ގާތް

މުނިފޫހިފިލުވުން

ޓޮމް ކްރޫޒްގެ އާފިލްމް "ޓޮޕްގަން 2" ބޮކްސް އޮފީހުގައި އުދުހެން ފަށައިފި

އަލީ އަޒްޔަން - ދުނިޔެ | 30 މެއި 2022 , ހޯމަ 10:44   183

ޓޮމް ކްރޫޒްގެ އާފިލްމް "ޓޮޕްގަން : މޭވްރިކް" ދައްކަން ފަށާފައިވަނީ ނިމިދިޔަ ހަފްތާގެ ބަންދުތެރޭގައެވެ. އަދި އަންނަނީ ބޮޑު ތަރުޙީބެއް ހޯދަމުންނެވެ.

އެފިލްމު އުފައްދާފައިވާ ޕެރަމައުންޓު ކުންފުންޏާއި ޙަވާލާދީ ސީއެންއެން އިން ބުނެފައިވަނީ، ފާއިތުވެދިޔަ 3 ދުވަހު އެމެރިކާގައި އެކަނިވެސް 124 މިލިއަން ޑޮލަރު މިފިލްމަށް ލިބިފައިވާކަމަށެވެ.

ފިލްމުގައި ބަތަލާއެއްގެ ރޯލު އަދާކުރަނީ މަޝްހޫރު ޖެނިފާ ކޯނެލީ އެވެ. މިއީ "އަ ބިއުޓިފުލް މައިންޑް" އަދި "ހަލްކް" ފިލްމުން ބޮޑު މަޝްހޫރުކަމެއް ހޯދި ތަރިއެވެ.

މިއީ ޓޮމް ކްރޫޒްގެ 40 އަހަރުގެ ކެރިއަރުގައި، ފިލްމަކަށް ފުރަތަމަ 3 ދުވަސް ތެރޭ އެންމެ ގިނަ ޢަދަދަކަށް ފައިސާ ލިބުނު ފަހަރުވެސް މެއެވެ. އަދި ހަމަ އެގޮތަށް 100 މިލިއަން ޑޮލަރު ފަހަނަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިފިލްމަށް މިހާތަނަށް 250 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ.

މިއީ ކުރިން 2020 ގައި ނެރެން ތައްޔާރުވި ފިލްމެކެވެ.

ިމިފިލްމުގެ އޮފިޝަލް ޓެރެއިލަރ، 38 މިލިއަން މީހުން ބަލާފައި

ޓެގްސް: ހޮޅިވުޑް ބޮކްސްއޮފީސް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.