ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލްއާއި ޓީސީއެލްގެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިން

ހަބަރު

ހަތަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އިންޑިއާގެ ޓީސީއައިއެލް ކުންފުންޏާއި ޙަވާލުކޮށްފި

ދާނިޝް - ދިވެހި ރާއްޖެ | 30 މެއި 2022 , ހޯމަ 19:27   205

ރާއްޖޭގެ ހަތަރު ރަށެއްގައި ހަތަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އިންޑިއާގެ ޓެލެކޮމިއުނިކޭޝަން ކޮންސަލްޓަންޓްސް އިންޑިއާ ލިމިޓެޑް (ޓީސީއައިއެލް) ކުންފުންޏާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން ހޮސްޕިޓަލު އެޅުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫއާއި ގއ. ވިލިނގިލިއާއި ރ. އަލިފުށީގައެވެ. ގައ.ވިލިނގިލީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އަދި ރ. އަލިފުށީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ޓީސީއައިއެލްއާއި އެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު އާދިލްއެވެ. އަދި ޓީސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަތުލް ކުމާރު ޖެއިންއެވެ.

މި ޕްރެކްޓަކީ ޖުމުލަ 57.2 މިލިއަން އެމެރިކާ ޑޮލަރުގެ ޕްރެޖްކްޓެއް ކަމަށް ހެލްތް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

ޓެގްސް: އިންޑިއާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.