ޔޫކްރެއިންގެ ރައީސް ހަނގުރާމާގެ ކުރީ ސަފުގެ ސިފައިންނާއި ބައްދަލުކުރަނީ

ދުނިޔެ

ޔޫކްރެއިންގެ ރައީސް ހަނގުރާމައިގެ ކުރީސަފަށް ނިކުމެއްޖެ

ދާނިޝް - ޔޫރަޕް | 31 މެއި 2022 , އަންގާރަ 07:50   175

ރަޝިއާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމާގައި ގައުމު ދިފާއުކުރުމަށް، ހަނގުރާމާގެ އެންމެ ކުރީ ސަފުގައި ހަނގުރާމަކުރަމުންދާ ސިފައިންނަށް ހިތްވަރު ދިނުމުގެ ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހަނގުރާމާގެ އެންމެ ކުރީ ސަފަށް ޒިޔާރަތް ކުރައްވައިފިއެވެ.

ޒެލެންސްކީ ހަނގުރާމާގެ މައިދާނަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ޔޫކްރެއިނުގެ އިރުއުތުރު ސަރަހެއްދެއް ކަމަށްވާ ޙަރްކީވްއަށެވެ. މި ސަރަހައްދަކީ އިއްޔެވެސް ރަޝިއާއިން ވައިގެ މަގުން ހަމަލާތަކެއް ދިން ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ އެ ސަރަހައްދުގެ 31 ޕަސެންޓް މިހާރު ވަނީ ރަޝިއާގެ ބާރުގެ ދަށުގައެވެ.

ޔޫކްރެއިންގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޒެލެންސްކީގެ މި ޒިޔާރަތުގައި ހަނގުރާމައިގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނާ ބައްދަލުކުރައްވައި ބައެއް ސިފައިންނަށް މެޑެލް ވެސް ހަވާލުކޮށްދެއްވި އެވެ. އަދި އެ ސަހަރުގެ މޭޔަރާ ސަރަހައްދީ ގަވަނުނަރާ ބައްދަލުކުރައްވާ އެ ސަރަހައްދުގައި ގެއްލުން ލިބިފައިވާ އިމާރާތްތައް މަރާމާތު ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައިކަމަށް ވެސް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.