ފްރެޑްރިކް ނަމަކަށް ކިޔާ، މަރާލި ނޫސްވެރިޔާ

ދުނިޔެ

ފަރަންސޭސި ޖާނަލިސްޓެއްގެ ގަޔަށް ޔޫކްރޭނުގައި ބަޑިޖަހައި މަރާލައިފި

އަލީ އަޒްޔަން - ޔޫރަޕް | 31 މެއި 2022 , އަންގާރަ 09:19   174

ފަރަންސޭސި ވިލާތުގެ ނޫސްވެރިޔަކު ޔޫކްރޭނުގައި ބަޑިޖަހައި މަރާލާފައިވާކަމަށް، ފަރަންސޭސި ރައީސް މެކްރޮން އާއި ޙަވާލާދީ ސީއެންއެން އިން ބުނެފިއެވެ.

މެކްރޮން މިކަމާއި ގުޅިގެން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ޖަނަލިސްޓް ފެރެޑްރިކް ލެކްލާރކް އިމްހޮފް ޔޫކްރޭނަށް ގޮސްފައިވަނީ އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ޙަޤީގަތް ހާމަކޮށްދިނުމުގެ މަޤްޞަދުގައެވެ.

ޢުމުރުން އެންމެ 32 އަހަރުގެ ފްރެޑްރިކް މަސައްކަތްކުރަމުން ދިޔައީ ސީއެންއެން އާއި ގުޅިފައިވާ އެހެން ނޫސް އެޖެންސީ އެއްކަމުގައިވާ ބީއެފްއެމް ޓިވީގައެވެ. މި ޙާދިޠާގެ ސަބަބުން އެޗެނަލްގައި މަސައްކަތް ކުރާ މީހުންނަށް މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައިވެއެވެ.

އެންމެ ފަހުން އޭނާ ދަތުރުކޮށްފައިވަނީ، ރަޝީއާގެ ހަމާލާއިން ސަލާމަތްވުމުގެ ގޮތުން އިންސާނީ އެހީ ފޯރުކޮށްދޭ ބަހެއްގައި ޢާއްމު މީހުންނާއި އެކު އެވެ. އޭގެ ފަހުން އޭނާ ވަނީ އަނިޔާވެރިގޮތަކަށް މަރާލާފައެވެ.

މިކަމާއި ގުޅިގެން ފަރަންސޭސި ޚާރިޖީ ވަޒީރު، ކެތެރިން ކޮލޯނާ ވިދާޅުވީ، މިކަން ތަޙްޤީގުކޮށްދިނުމަށް އެދި ޔޫކްރޭންގެ ރައީސް ވްލާއޑިމީއަރ ޒެލެންސްކީގެ ކިބައިން އެދިފައިވާކަމަށެވެ.

ފްރެޑްރިކް އާއިއެކު ހަމަ އެބަހުގައި ދަތުރު ކުރަމުންދިޔަ އޭނާގެ ރަޙްމަތްތެރިޔަކު ވަނީ އަނިޔާތަކަކާއި އެކު މިޙަމަލާއިން ސަލާމަތް ވެފައެވެ.

ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައިގައި ގިނަ ޖާނަލިސްޓުންތަކެއް ވަނީ މިދުނިޔެ ދޫކޮށްފައެވެ.

ޓެގްސް: ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.