ވިނީ ދަ ޕޫ ބްލަޑް އެންޑް ހަނީގެ މަންޒަރެއް

މުނިފޫހިފިލުވުން

"ވިނީ ދަ ޕޫ" ބިރުވެރި ފިލްމެއްގެ ގޮތުގައި

ދާނިޝް - ޔޫރަޕް | 31 މެއި 2022 , އަންގާރަ 16:21   265

ތުއްތުކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ ކާޓޫނު ކެރެކްޓަރު " ވިނީ ދަ ޕޫ" ހިމެނޭ ބިރުވެރި ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ފިލްމު ލިޔެ ޑައިރެކްޓްކުރަނީ ޖެގްޑް އެޖް ޕްރޮޑަކްޝަންގެ ރައީސް ފްރޭކް ވޯޓާފިލްޑްއެވެ. ކުޑާކުދިންގެ މެދުގައި މގުބޫލު ވިނީ ދަ ޕޫ އާއި ޙިލާފަށް "ވިނީ ދަ ޕޫ: ބްލަޑް އެންޑް ހަނީ" ގެ ނަމުގައި އުފައްދާ މި ފިލްމުގައި ވިނީ ދަ ޕޫ އާއި އޭނާގެ އެކުވެރިން ޕިގްލެޓް ވެގެންދާނީ ފިލްމުގެ މައި ވިލަނުންނަށް ކަމަށް ވޯޓާފިލްޑް ވަނީ އާންމު ކޮށްފައެވެ. އަދި އެ ދެ އެކުވެރިން ވިލަނުންނަށް ވެގެންދަނީ އެ ދެ އެކުވެރިންނާއެކު ކުޅުމުގައި އުޅުނު ކްރިސްޓޮފާ ރޮބިން ޔުނިވާރސިޓީއަށް ދިއުމުން އެމީހުންނަށް ކާއެއްޗެހި ލިބުމުގެ ދަތިކިން ދިމާވުމުން ކަމަށް ވެސް ވޯޓާފިލްޑް މައުލޫމާތު ދެއެވެ.

މި ފިލްމު ޝޫޓު ކުރެވުފައިވަނީ އިނގިރޭސި ވިލާތުގެ އޭޝްޑައުން ފޮރެސްޓާއި މާ ދުރު ނޫން ހިސާބެއްގައެވެ. އޭޝްޑައުން ފޮރެސްޓަކީ ވިނީ ދަ ޕޫ ގައި ފެންނަ ޖަންގަލި ކަމައްވާ ހަންޑްރެޑް އެކްރޭ ވޫޑްގެ އިންސްޕިރޭޝަން ކަންވެސް ފާހަގަކޮށްލެވެއެވެ.

މި ފިލްމު މި އަހަރު ފަހުކޮޅު މިފިލްމު ރިޒީލްކުރާނެ ކަމަށް ފިލްމު އުފައްދާ ކުންފުނިން މައުލޫމާތުދެއެވެ. ފިލްމު ރިޒީލް ކުރާ ވަކި ތާރީހެއް އަދި އިއުލާނު ކޮށްފައި ނެތަސް ފިލްމުގެ ޓީޒާ ޓްރެއިލާއެއް ވަނީ އާންމުކޮށްފައެވެ. ވިނީ ދަ ޕޫ އާޢި ހިލާފަށް މިފިލްމަކީ އާރް ރޭޓެޑް ފިލްމެކެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.