ސްރީލަންކަންގެ ބޯޓެއް ގަމުގެ ބައިނަލްޢަޤުވާމީ ވައިގެ ބަނދަރަށް ބަނދަރުކޮށްފައި

ހަބަރު

ސްރީލަންކަންގެ ގަން ދަތުރުތައް އަނެއްކާވެސް ހުއްޓާލައިފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 31 މެއި 2022 , އަންގާރަ 13:51 1   322

ސްރީލަންކަން އެއަރލައިންސުން ލަންކާގެ ކޮލަމްބޯ އާއި ގަމާއި ދެމެދު ކުރަމުން އައި ދަތުރުތައް، ތަރުޙީބު ދަށްވުމުގެ ސަބަބުން އަނެއްކާ ވެސް ހުއްޓާލައިފިއެވެ.

މިހާރު އެއަރލައިންގެ ވެބްސައިޓްގައި އެއްވެސް ފްލައިޓެއް ކައިރި މުސްތަޤްބަލެއްގައި ގަމަށް ދަތުރުކުރުމަށް އިންކަމަކަށް ނުދައްކައެވެ.

މިކަމާއި ގުޅިގެން ކޮލަމްބޯގައި ހުންނަ ސްރީލަންކަންގެ މައި އޮފީހަށް ގުޅުމުން ބުނީ މިވަގުތު އެއްވެސް ބުކިންއެއް ގަމަށް ނަގަމުން ނުދާކަމަށެވެ. އަދި ގަމަށް ޝެޑިއުލްކޮށްފައި ހުރިހާ ފްލައިޓެއް ކެންސެލްކޮށްފައިވާކަމަށާއި، އަލުން ދަތުރުތައް ފަށާނެއިރެއް ބުނަން ނޭނގޭކަމަށެވެ.

ސްރީލަންކަން އެއަރލައިންސްގެ ދަތުރުތައް މީގެކުރިންވެސް އެތައް ފަހަރަކު މެދުކެނޑިފައިވެއެވެ. އެންމެ ފަހުން ދަތުރުތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ގަމަށް ފޭބި ޓޫރިސްޓުންތަކަކަށް މަރުޙަބާކިޔާ މަންޒަރު

ސްރީލަންކަން އެއަރލައިންސް އަށް ބޮޑެތި ގެއްލުންވަމުންދާތީ، އެއަރލައިނުން އަންނަނީ ޚަރަދުކުޑަކުރުމުގެ ގިނަ ފިޔަވަޅުތައްކެއް އަޅަމުންނެވެ. އަދި ގެއްލުންވަތީ، އެޤައުމުގެ ސަރުކާރުން އަންނަނީ އެއަރލައިން ވިއްކާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސްރީލަންކަން އެއަރލައިންސްގެ ކެންސަލް ކުރި ޝެޑިއުލް ފްލައިޓަކީ، ގަމަށް ޝެޑިއުލްދަތުރުތައް ބާއްވަމުންއައި ހަމައެކަނި އިންޓަނޭޝަނަލް ފްލައިޓެވެ.

ޓެގްސް: ސްރީލަންކާ ސްރީލަންކަން އެއަރލައިންސް ގަން އިންޓަނޭޝަނަލް އެއަރޕޯރޓް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.