ޔުއޭއީއާއި އިޒުރޭލާއި ދެމެދު ވެވުނު އެއްބަސްވުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިޔަފާރި

ޔޫއޭއީ އިން އިޒުރޭލާއިއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ދާނިޝް - ދުނިޔެ | 1 ޖޫން 2022 , ބުދަ 11:05   232

ފުރަތަމަ ފަހަރަށް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އާއި އިސްރާއީލުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ގެ ޤައުމާދެމެދު ވަނީ ވިޔަފާރި ކައުންސިލެއް ޤާއިމުކޮށްފައެވެ. މި ކައުންސިލުން މައުލޫމާތުދޭ ގޮތުގައި އަލަށް އެކުލަވާލެވުނު އެއްބަސްވުމުން ދެޤައުމުގެ އިޤްތިސާދަށްވެސް ވަރަށް ބޮޑަށް މަންފާ ކުރާނެއެވެ. އެގޮތުން ޔަހޫދީންގެ ކުންފުނިތައް ޔޫއޭއީގައި ގާއިމުވެ، ޔޫއޭއީގެ ކުންފުނިތައް އިސްރާއީލުގައި ގައިމުވެ، ފަސޭހަކަމާއެކު ވިޔަފާރިކުރުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.އަދި މި އެއްބަސްވުމުގެ ދަށުން ކާބޯތަކެއްޗާއި ދަނޑުވެރިކަމުގެ ސާމާނާއި ބޭހާއި ޞިއްޙީ ސާމާނުން ޓެކްސް ނެގުންވެސް ހުއްޓުމަކަށް އަންނާނެއެވެ.

މި ކައުންސިލުން އަންދާޒާކުރާ ގޮތުގައި މި ހުޅުވިގެންދާ ފުރުސަތުގެ ސަބަބުން އިސްރާއީލުގެ ފިޔަފާރި އޭޝިއާ ބައްރަށް ފޯރާނެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިސްރާއީލުގެ 1،000 ކުންފުންޏެއް ޔޫއޭއީގައި ގާއިމުވެގެންދާނެކަމަށާއި، ގިނަ ވިޔަފާރިތައް ގާއިމުވެގެންދާނީ ދުބާއީގައި ކަމަށްވެސް އެ ކައުންސިލުން ލަފާކުރެއެވެ.

މިއީ ތާރީހުގައިވެސް އިސްރާއީލާއި ޔޫއޭއީއާއި ދެމެދު ވެވުނު އެންމެ މިފަދަ ވިޔަފާރީގެ އެއްބަސްވުންކަން ފާހަގަކޮށްލެވެއެވެ.

ޓެގްސް: ޔޫއޭއީ އިޒްރޭލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.