ޖޯނީ ޑެޕް އަދި އޭމްބާ ހާޑް

މުނިފޫހިފިލުވުން

ޖޯނީ ޑެޕް އަދި އޭމްބާ ހާޑްގެ ހައި ޕްރޮފައިލް ކޯޓް ކޭސް ނިމުމަކާއި ގާތަށް ގޮސްފި

ދާނިޝް - އެމެރިކާ | 1 ޖޫން 2022 , ބުދަ 14:07   180

ގިނަ ބައެއްގެ ޝައުގުވެރިކަން އެކަމަކަށް އެންމެ ބޮޑަށް މިދުވަސްވަރު ދެވެމުންއަންނަ ހަބަރަކީ ޕައިރެޓްސް އޮފްދަ ކެރެބިއަންސް ސީރީހުގެ ތަރި ޖޯނީ ޑެޕްއާއި އޭނާގެ ކުރީގެ އަންހެނުން އޭމްބާ ހާޑްގެ ހައި ޕްރޮފައިލް ކޯޓް ކޭހުގެ ހަބަރެވެ.

މި ކޯޓު ކޭހަކީ 2019 ވަނަ އަހަރުގެ މާރޗު މަހު ތެޜޭގައި ޖޯނީ ޑެޕް އޭމްބާއާއި ދެކޮޅަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ފެށިގެން ދިޔަ މައްސަލައެކެވެ. ޖޯނީ ޑެޕް މި މައްސަލަ ހުށަހެޅީ އޭންބާ 2018 ވަނަ އަހަރު ދަ ވޮޝިންޓަން ޕޯސްޓުގައި ލިޔުނު ކޮލަމް އަކާއި ގުޅިގެން އޭނާގެ އެކްޓިން ކެރިއަރަށް އޭގެ ނޭދެވޭ އަސަރު ކޮށްފައިކަމަށް ތުހުމަތު ކުރަމުންނެވެ. އޭމްބާ ހާޑް ބުނާ ގޮތުން އޭނާ ޑެޕްއާއި މީގެ 3 އަހަރު ކުރިން ވަރިވީ ޑެޕް ގެވެށި އަނިޔާ ކުރާތީއެވެ.

މިތުހުމަތު ތަކާއި ގުޅިގެން މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ފެށުނު ކޯޓް ކޭސް އަދިވެސް ނިމުމަކާ ހަމައަށް އައިސްފައެއް ނުވެއެވެ. ނަމަވެސް މައްސަލައިގެ ކޯޓު އަޑުއެހުންތައް މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމާފައެވެ. އަދި މައްސަލައިގެ ގާޒީގެ ނިންމުން މިއަދުގެ ވަގުތެއްގައި ލިބިގެނަދާނެކަމަށް ބެލެވެއެވެ.

ކޯޓްގެ އަޑުއެހުންތައް ނިމުމާއިއެކު ޑެޕް ފިލްމަކަށްސޮއިކުރިކަމުގެ ހަބަރުތަކެއްވެސް ވަނީ ފެންމަތިވެފައެވެ. މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި ޑެޕް ވަނީ ޓިމް ބާޓަންގެ ފެންޓަސީ ޑްރާމާ "ބީޓްލްޖޫސް" ގެދެވަނަބައިގެ ރޯލަކަށް ސޮއިކޮށްފައެވެ. ޑެޕްގެ މިފަދަ ހަބަރެއް ފެންމަތިވެފައިވާއިރު އޭމްބާގެ ފިލްމީ ކެރިއަރާމެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ. މިހާރު ކުރިއަށް ދަމުންދާ ކޯޓު ކޭހާއި ގުޅިގެން އޭމްބާއަށް ވަނީ އާންމުންގެ ބޮޑެތި ފާޑުކިޔުން ތަކެއްވެސް އަމާޒުވެފައެވެ.

ޓެގްސް: ހޮޅިވުޑް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.