ޔޫރަޕްގެ ޗެމްޕިއަން ޓީމް (ޔޫރޯ 2020) އާއި ސައުތު އެމެރިކާގެ ޗެމްޕިންޓީމް (ކޮޕާ އެމެރިކާ) އާއި ދެމެދު ކުޅޭ ފިނޭލެސިމާ ކަޕްގައި، އާޖެންޓީނާ އިން އިޓަލީގެ މައްޗަށް ކުރިހޯދައި ތަށި ކާމިޔާބުކޮށްފިއެވެ.
މިމެޗް 3-0 ގެ ނަތީޖާ އަކުން އާޖެންޓީނާ އަށް ހޯދުނު އިރު މެޗުގެ ތަރިއެއްގެ ގޮތުގައި ހުރީ މަޝްހޫރު ތަރި ލިއަނެލް މެސީއެވެ.
މެސީގެ ޓީމުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިންވެސް 2 ގޯލް އާއި އެކު ކުރިހޯދާފައެވެ. މެޗުގެ ފުރަތަމަ ގޯލް ޖެހީ މެސީގެ އެހީތެރިކަމާއި އެކު އިންޓަރމިލާނުގެ ތަރި މާޓިނެޒް އެވެ. އަދި ދެވަނަ ގޯލު ޖެހީ ޑީ މަރިއާ ގެ ބާރުގަދަ ޝޯޓަކުންނެވެ. ތިނަވަނަ ގޯލް ޖެހީ ޑިބަލާ އެވެ. އެފަހަރު ވެސް މެސީ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.
International trophies mean the world to Lionel Messi 🥺 pic.twitter.com/X8HFxtSRBy
— GOAL (@goal) June 1, 2022
މިމެޗުގެ މޭން އޮފްދަމެޗް ކަން ވެސް ހޯދީ މެސީއެވެ.
މެޗަށް ފަހު އިޓަލީގެ މެނޭޖަރު ރޮބާޓޯ މަންޗިނީ ބުނީ، "އަހަރުމެންނަށް ވުރެ އެމީހުން މޮޅުކަމަށެވެ. ފުރަތަމަ ހާފްގައި އަހަރުމެންނަށް ކޮންމެވެސް ވަރަކަށް ކުޅެވުނު. ދެވަނަ ހާފްގައި އެހާބޮޑު މަސައްކަތެއް ނުކުރެވޭ".