އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

ހަބަރު

ފޭދޫ މާރާމާރީގައި އަނިޔާލިބުނު ޒުވާނާ، އެއީއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 2 ޖޫން 2022 , ބުރާސްފަތި 11:09 1   408

ސ.ފޭދޫގައި ހިނގި މާރާމާރީއެއްގައި އަނިޔާލިބިގެން އޭއީއެޗްގެ އައިސީޔޫގައި އެނދުމަތިކުރެވުނު 21 އަހަރުގެ ޒުވާނާ އަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

އެޒުވާނާ ނިޔާވެފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

ހޮސްޕިޓަލުން ބުނީ އެޒުވާނާ ގެނައިއިރު ބުރަކަށްޓާއި މުލައްދަނޑީގައި ގިނަ ޒަޚަމްތަކެއް ހުރިކަމަށެވެ.

މިމާރާމާރީ ހިނގާފައިވަނީ ރޭ ދަންވަރު 3 ޖަހާކަށް ހާއިރުކަމަށް ފުލުހުން ބުނެއެވެ. ހޮސްޕިޓަލަށް ގެންދެވިފައިވަނީ 19 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ނިޔާވި ޒުވާނާ އާއި ދެމީހުންނެވެ. ދެވަނަ ޒުވާާނާގެ ހާލު ވެސް އެހާ ރަނގަޅު ނޫންކަމަށް މަޢްލޫމާތު ލިބެއެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ އަކީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލައެއް ކަމަށެވެ. އަދި އިތުރަށް ތަޙްޤީގް ކުރަމުން އަންނަކަމަށެވެ. މިހާތަނަށް މިމައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ވެސް މަޢްލޫމާތު ލިބެއެވެ.

އަންގާރަ ދުވަހުގެރޭ ވެސް މިފަދަ ޙާދިޠާއެއް އެރަށުގައި ހިންގާފައިވެއެވެ.

ޓެގްސް: އޭއީއެޗް މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.