ޔޫކްރެއިނާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ކުޅިވަރު

ޔޫކްރެއިން ވޯލްޑް ކަޕާއި ގާތައް

ދާނިޝް - ޔޫރަޕް | 2 ޖޫން 2022 , ބުރާސްފަތި 18:54   216

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕުގެ ކޮލިފައިން ޕްލޭއޮފް ސެމީގެ ފައިނަލުން ޔޫކްރެއިން ޖާގަ ހޯދައިފައެވެ.

ޔޫކްރެއިންއިން ފައިނަލުން ޖާގަ ހޯދީ ސމީގައި ސްކޮޓްލެންޑާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުތަކަކީ މިދިޔް މަހު ކުޅެން ތާވަލު ކޮށްފައިވާ މެޗެކެވެ. ނަމަވެސް ޔޫކްރެއިނާއި ރަޝއާގެ ހަނގުރާމައިގެ ސަބަބުން މި މެޗަ ފަސްވެގެން ދިޔައީއެވެ.

ޔޫކްރެއިން ވާދަކުރާ މެޗްތައް ފަސްވެގެނަދިޔަ ނަމަވެސް ޕްލޭއޮފެގެ އެހެނިހެން މެޗްތައް ވަނީ ނިމިފައެވެ. އެގޮތުން ފައިނަލުގައި ޔޫކްރެނާއި ބައްދަލުކުރާނީ ވޭލްސްއިނެވެ. ވޭލްސް ފައިނަލަށޤ ދަތުރު ކުރީ ސެމީގައި އޮސްޓްރިއާ ބަލިކޮށްގެންނެވެ.

ޔޫކްރެއިނާއި ވޭލްސް ބައްދަލުކުރާ މެޗް އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.

ސްކޮޓްލެންޑާއި ދެކޮޅަށް ކުޅުނު މެޒުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށް މޮޅަށް ކުޅުނީ ޔޫކްރެއިނުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 33 ވަނަ މިނިޓުގައި ޔޫކްރެއިނަށް ކާމިޔާބު ކޮށްދިނީ އަންޑަރޭ ޔަރްމޮލެންކޯއެވެ. ޔޫކްރެއިނަށް މިލީޑު ފުޅައު ކޮށްދިނީ މެޝުގެ ދެވަނަ ހާފުގެ 4 ވަނަ މިނިޓުގައި ރޯމަން ޔަރެމްޗުކްއެވެ.

ގޯލްތަކުގެ ހައިލައިޓްސް

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށްވެފައި ވަނިކޮށް ސްކޮޓްލެންޑުގެ ކެލަމް މެގްރެގާ ލަނޑެއް ޖަހައި ލީޑުގެ ފަރަގު ކުޑަ ކޮށްދިނެވެ. ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 5 ވަނަ މިނިޓުގައި އޮލެކްސަންޑަ ޒިންޗެންކޯގެ އެހީތެރިކަމާއެކު އާޓެމް ޑޮވްބީކްއެވެ.

ނޫސްވެރިންނާއި ވާހަކަދައްކަމުން މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ޔޫކްރެއިނުގެ ކުޅުންތެރިޔާ ޒިންޗެންކޯ ބުނީ ފައިނަލުގައި ވޭލްސް ބަލިނުކުރެވިއްޖެނަމަ ސްކޮޓްލޭނަޑް އަތުން ހޯދި މޮޅުގެ އެއްވެސް ބޭނުމެއް ނެތް ކަމުގައެވެ.

" ކޮންމެ މެޗަކީ ވެސް އަހަރެމެންނަށްފައިނަލެއް. ޓީމެއްގެ ގޮތުގައި އަހަރެމެން ދެކޭ އެންމެ ބޮޑު ހުވަފެނަކީ ހުވަފެނެއް ވޯލްޑް ކަޕަށް ދާން. ބާކީ އަދި އެއް މެޗު އެބަ އޮތް. އެއީ ފައިނަލް މެޗު އެއިން މޮޅު ވާން ޖެހޭ. އެހެން ނޫން ނަމަ މި މެޗުގެ ނަތީޖާގެ އެއްވެސް މާނައެއް ނެތް" ޒިންޗެންކޯ ބުންޏެވެ.

ޓެގްސް: ފުޓުބޯޅަ ޔޫކްރެއިން
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.