މަންކީ ޕޮކްސް ޖެހިފައިވާ މީހެއް

ދުނިޔެ

ޖަނަވާރުންނަށް ޖެހޭ ބަލިތައް އިންސާނުންނަށް ޖެހުން އިތުރުވާނެ - ޑަބްލިއުއެޗްއޯ

ދާނިޝް - ދުނިޔެ | 2 ޖޫން 2022 , ބުރާސްފަތި 17:37   207

ކުރިއަށް އޮތް ތަނުގައި ދިރޭތަކެއްޗަށް ކުރިން ޖެހުނު ބަލިތައް އިންސާނުންނަށް ޖެހުން އިތުރުވާނެކަމަށް ދުނިޔޭސެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ކައިރި ކައިރީގައި ދުނިޔޭގައި ތަފާތު ބަލިމަޑުކަން ފެތުރޭތީ ކަންބޮޑުވުން ފައުޅުކޮށް އެ ގަމިއްޔާއިން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި މަކުނުވިދުރިފަދަ ބަލިތައް ފަހަކަށް އައިސް ފެތުރެމުންމިދަނީ ވަރަށް ކައިރިކައިރީގައި އެއް ބަލިމަޑުކަމުން ފުރިހަމައށް އަރައިނުގަނެވިގެން އުޅެނިކޮށްކަމަށެވެ. އަދި މިހާރުފެންނަމުންދާ ގިނަ ބަލިތަކަކީ ދިރޭތަކެތިން ޖެހޭ ބަލިތަކެއްކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ދިރޭތަކެތީގެ އުޅުމަށްވެސް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި މި ބަދަލުތަކާއެކު ދިރޭތަކެއްޗަށް ކުރިން ޖެހުނު ބަލިތައް މިހާރު އިންސާނުންނަށްވެސް ޖެހެން ފަށާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ހަމައެހެންމެ ކުރިޔަށް އޮތް ތަނުގައި އެފަދަ ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށްވެސް އެ ޖަމުޢިއްޔާއިން ފާހަގަކޮށްފައިވެއެވެ.

މިފަދަ ވާހަކަތަކެއް ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ހާމަކޮށްފައިމިވަނީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އެތައް ސަތޭކަ ބަޔަކަށް މަކުނުވިދުރީގެ ބަލިމަޑުކަން ޖެހި އެ ބަލި ފެތުރެން ފަށައިފައިވަނިކޮށެވެ.

ޓެގްސް: ޑަބްލިއުއެޗްއޯ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.