"މަވެސްޕީޕީއެމް" ގެ ނަމުގައި ރޭބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ހަބަރު

"މިވަގުތު ސްރީލަންކާއެކޭ ރާއްޖެއެކޭ ހާލަތު ތަފާތެއް ނޫން" - ޔާމީން

އަލީ އަޒްޔަން - ކ. މާލެ | 3 ޖޫން 2022 , ހުކުރު 08:38   197

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން "މަވެސްޕީޕީއެމް" ގެ ނަމުގައި ބައްދަލުވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ބާއްވާފައިވަނީ ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުމާއި ގުޅުވައިގެންނެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ދެއްކެވި ވާހަކައިގައި ވިދާޅުވީ، މިސަރުކާރުން ބްރިޖް އަޅަނީ ކީއްކުރަންކަމެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި ވިލިމާލެ އާއި ތިލަފުއްޓާއި ދެމެދު ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން އަޅުއްވާ ބްރިޖް ފުރިހަމަވާނެކަމަށް ގަބޫލުނުކުރައްވާކަމަށާއި އެވެގެންދާނީ ބޭކާރުކަމަކަށެވެ.

އެމަނިކުފާނު ހުޅުމާލޭ ބްރިޖްއެޅުއްވީ 100،000 މީހުންނަށް އޭގެ ފައިދާ ސީދާގޮތެއްގައި ކުރާތީއެވެ. ނަމަވެސް މިހާރު މިއަޅަންއުޅޭ ބްރިޖުން އެފަދަ ފައިދާތަކެއް ފެނިވަަޑައިނުގަންނަވާކަމަށެވެ. އެހެންކަމުން ބޮޑަށް ރަނގަޅީ މިބްރިޖް ނިމިގެން ނުދިއުންކަމަށާއި އަދި މިބްރިޖް ނިމޭނެކަމަށް ޤަބޫލުފުޅުނުކުރައްވާކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

600 މިލިއަންޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނު. މިހާރު މިނަގާ ބޮޑެތި ހުރިހާ ލޯނެއް ދައްކަންޖެހެނީ ދެންއަންނަ ސަރުކާރަކުން. ދެން މިހާރު މިއަޅާ ބްރިޖުން ފައިދާ ވަނީ ކިތައްލައް މީހުންނަށްތޯ؟ ޖަސްޓިފައިއެއް ނުވޭ.

~ ޔާމީން އަބްދުލް ޤައްޔޫމް

ރޭގެ ބައްދަލުވުމުގެ ތެރެއިން

ބްރިޖްގެ ވާހަކައިގެ އިތުރުން ވެސް ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ޙާލަތާއި ދޭތެރޭ ކަންބޮޑުވާކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގައި ކާޑުގެ ބާވަތްތަކާއި ބޭސް ގަންނަން ބޮޑު ލޯނެއް ނަގާފައިވާކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯގެ ފައިދާ އަށް 12 ބިލިއަން ރުފިޔާ ލިބުނުނަމަ ކާޑުކޮޅެއް ކާޑުކޮޅެއް ގަންނަން ލޯނުނަގަން ޖެހެނީ ކީއްވެތޯ؟ މިވަގުތު ސްރީލަންކާ އެކޭ ރާއްޖެއެކޭ ޙާލަތު ތަފާތެއްނޫން.

~ ޔާމީން އަބްދުލް ޤައްޔޫމް

އާމްދަނީ ނުލިބޭގޮތަށް ލޯނު ނަގަމުން ދިއުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް ސަރުކާރަށް ގޮވާލާފައި ވެއެވެ.

މި ބައްދަލުމުގައި އަލަށް ޕީޕީއެމް އަށް ގުޅުނު ފަރާތްތަކާއި އެކު ސޮއިކުރުން ވެސް އޮތެވެ.

ޓެގްސް: ޕީޕީއެމް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.