އައްޑޫ ސިޓީކައުންސިލްގެ ޖަލްސާއެއްގެ ތެރެއިން

ހަބަރު

އައްޑޫ ސިޓީ ކައުންސިލުން މާރާމާރީއާއި ގުޅިގެން ނޫސްބަޔާނެއް ނެރެ ގެޒެޓްކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 3 ޖޫން 2022 , ހުކުރު 10:04   275

އައްޑޫގައި ސިލްސިލާކޮށް މާރާމާރީތައް ހިނގަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އައްޑޫސިޓީ ކައުންސިލުން ނޫސްބަޔާނެއް ނެރެ، ގެޒެޓްކޮށްފިއެވެ.

އެނޫސްބަޔާނުގައި ބުނެފައިވަނީ، މިމާރާމާރީތަކުގެ ސަބަބުން ރަށުތެރޭގައި ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައިވާކަމަށެވެ. އަދި އެކިފަރާތްތަކަށް ސީރިއަސް އަނިޔާ ލިބި ޒުވާނެއްގެ ފުރާނަ ގޮސްފައިވާކަމަށެވެ. އަދި މިފަދަކަންކަން އެއްގޮތަކަށް ވެސް ބަލައިނުގަންނަ ކަމަށެވެ.

އައްޑޫސިޓީ ކައުންސިލް މިކަމުގައި އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ބަޔާން ނިންމާލާފައިވަނީ ރަށުތެރޭގެ އަމާންކަން ގާއިމުކޮށްދެއްވުން އަވަސްކޮށްދެއްވުންއެދި ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ.

މި ސުރުޚީއާއި ގުޅޭ :

- ފޭދޫ މާރާމާރީގައި އަނިޔާލިބުނު ޒުވާނާ، އެއީއެޗްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

- ސިޓީ ކައުންސިލުން ގެޒެޓްކޮށްފައިވާ އިޢްލާނު

ޓެގްސް: އައްޑޫ ސިޓީ ކައުންސިލް މާރާމާރީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.