މިހާދިޠާ ހިނގާފައިނީ ރޭގެ ވަގުތެއްގައި

ހަބަރު

ދެމަފިރިއެއްގެ ދެމެދުގައި ހިނގި އަރާރުމެއްގައި އަންހެނަކަށް ވަޅިން ޙަމަލާދީ ޒަހަމްކޮށްލައިފި

އަލީ އަޒްޔަން - އަތޮޅު ތެރެއިން | 3 ޖޫން 2022 , ހުކުރު 15:11   187

ދެމަފިރިއެއްގެ ދެމެދުގައި ހިނގި އަރާރުމެއްގެތެރެއިން 32 އަހަރުގެ އަނބިމީހާއަށް، ފިރިމީހާ ވަޅިން ޙަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިޙާދިސާ ހިނގާފައިވަނީ ށަވިޔަނި އަތޮޅު ފޭދޫގައި، ރޭ ނުވަގަޑި ބައި އެހާކަށްހާއިރު އެވެ.

މަޢްލޫމާތު ލިބިފައިވާގޮތުގައި މިދެމަފިރިންގެ ދެމެދުގައި އަބަދުވެސް އަރާރުން ހިނގައެވެ. އަދި އެރަށު ކައުންސިލުން ވެސް ވަނީ އެފަދަގޮތަކަށް ކަން ނުކުރުމަށް ނެސޭޙަތްތެރިވެފައެވެ.

އެއަހެންމީހާ ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންދެވި، ވަޅިހެރުތަން ފެހުމަށް ފަރުވާދީ ދޫކޮށްލާފައެވެ.

ފިރިމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

ޓެގްސް: މާރާމާރީ ގެވެށިއަނިޔާ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.