މި މުބާރާތަކީ ގދ. އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެއް.

ހަބަރު

ގދ. އަތޮޅު ކައުންސިލް، އަތޮޅުގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ޖުލައި 22 ގައި ފެށޭނެ

އަލީ އަޒްޔަން - ގދ | 3 ޖޫން 2022 , ހުކުރު 16:04   316

ހުވަދު އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، "ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖް 2022" މިއަންނަ ޖުލައި މަހު އޮންނާނެއެވެ.

މިމުބާރާތުގައި އެއްވަނައަށް ދާޓީމަކަށް 75،000 ދިނުމަށް ހަމަޖެހިފައިވެއެވެ. މިފައިސާ ސްޕޮންސާރ ކޮށްދީފައިވަނީ ގދ. އަތޮޅު ކައުންސިލުންނެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، މުއްދަތު ހަމަވިއިރު 12 ޓީމަކުން ބައިވެރިވެފައިވެއެވެ.

އެޓީމްތަކަކީ، އެފްސީ ރޭވެންސް ،އެފްސީ ލެޖެންޑްސް، ސްކޯޕިއަން ސިޓީ، އެފްސީ ގޫވަލް، ސްކޯޕިއަން ޖޫނިޔާސް، ގޫވަލް ވެޓެރަންސް، އަޔާޑާ މޯލްޑިވްސް، އެފްސީ ، ތޮޑިއަންސް، ކްލަބް ޓީއެންޓީ، މަޑަވެލި އެފްސީ، ވެސްޓް ބޯއިޒް، .އަދި އެޒްޓެކްސް އެފްސީ އެވެ

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ވާދޫ ގައެވެ. ވާދޫ އަކީ ފުޓްބޯޅައިގެ ފޯރި ވަކިންގަދަ ރަށެކެވެ. ދާދި ފަހުން މާލޭގައި ބޭއްވި "ގޯލްޑަން ފުޓްސަލް ޗެލެންޖް 2022" ވެސް ވާދޫ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

ޓެގްސް: ފުޓްސަލް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.