ފިނޭންސް މިނިސްޓަރު، އަދި ވޯލްޑްބޭންކުގެ ކަންޓްރީ ޑިރެކްޓަރު

ހަބަރު

އިންޓަނެޓް އަގުހެޔޮކުރަން 150 މިލިއަން ރުފިޔާގެ ހިލޭއެހީ ވޯލްޑްބޭންކުން ދީފި

އަލީ އަޒްޔަން - ދިވެހި ރާއްޖެ | 3 ޖޫން 2022 , ހުކުރު 16:46   198

ދުނިޔޭގެ މާލީކަންކަމާއި ގުޅޭ އެންމެމަތީ އިދާރާ ކަމުގައިވާ ވޯލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން ރާއްޖެއަށް 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 150 މިލިއަން ދިވެހި ރުފިޔާ) ދިނުމަށް ނިންމައިފިއެވެ.

މިފައިސާ ދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭ މުވާޞަލާތީ ކަންކަން ތަރައްގީކުރުމަށާއި، އޮންލައިން ޚިދުމަތް ދިނުމުގައި ވާދަވެރި ވެއްޓެއް އުފެއްދުމާއި، ޑާޓާ އާއި އެނާލިިކްސް ވަރުގަދަ ކުރުމާއި އެކު، އޮންލައިން ޚިދުމަތް ދިނުމުގައި ސަލާމަތީކަންކަން ވަރުގަދަކުރުމެވެ.

ވޯލްޑްބޭންކުން ދެކޭގޮތުގައި ރާއްޖޭގައި އިންޓަނެޓް ޚިދުމަތް ފުޅާދާއިރާއެއްގައި ލިބެމުން ދިޔަޔަސް، ނިސްބަތުން އަގު ބޮޑެވެ. ވަކިން ޚާއްސަކޮށް އަތޮޅުތެރޭގައެވެ. އަދި ސަލާމަތާއި ރައްކާތެރިކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގައި ޢާއްމު ފަރާތްތަކަށް ދަތިތައް އެބަހުއްޓެވެ.

އަދި މިކަންކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދީ ތަނބުތައް ކަމަށްވާ ޓޫރިޒަމާއި މަސްވެރިކަމުގެ ދާއިރާތަކަށް ބޮޑު އަސަރެއް ކުރެއެވެ.

މިއެހީ އާއިއެކު ރާއްޖޭގެ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި ނޭޝަނަލް ސެންޓަރ ފޯ އިންފޯމޭޝަން ޓެކްނޯލޮޖީ (އެންސީއައިޓީ) މެދުވެރިކޮށް ސަރުކާރާއި ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ލިބިގެންދާނެކަމަށް ވޯލްޑްބޭންކުން ބުނެފައިވެއެވެ.

މިއެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ގްރާންޓެއްގެ ގޮތުގައި، ވޯލްޑްބޭންކުގެ ދަށުން ހިންގާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އެސޯސިއޭޝަންގެ (އައިޑީއޭ) ވިންޑޯ ތެރެއިންނެވެ.

މިލިއުމާއި ގުޅޭ :

ވޯލްޑްބޭންކުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާން

ޓެގްސް: ވޯލްޑްބޭންކް ބޭރުގެ އެހީ
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.