ހުޅުމާލެ ފޭސް2، ޓަވަރުތައް ހުރި ސަރަޙައްދު

ހަބަރު

ވިނަރެސް ފޭސް ދޭއް ގެ 1322 އެޕާރޓްމެންޓް ނިމިއްޖެ، ދޫކުރާނީ އެޗްޑީސީ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް އެކަނި

އަލީ އަޒްޔަން - ކ. މާލެ | 4 ޖޫން 2022 , ހޮނިހިރު 10:50   299

ހުޅުމާލެ ފޭސް 2 ގައި ހަދަމުން އައި މަސައްކަތް ނިމި ނިމިފައިވާ ފްލެޓްތައް ދައްކާލަން ފަށައިފިއެވެ.

މިމަޝްރޫއުގެ ދަށުން ތައްޔާރުކުރާ 1344 ހަތަރު އެޕާރޓްމެންޓްގެ މަސައްކަތް ނިމި ޖުލައި މަސްތެރޭގައި އެޗްޑީސީ އާއި ޙަވާލުކުރާނެކަމަށް ދާދި ފަހުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގެ ޖަލްސާ އެއްގައި ވިދާޅުވެފައިވެއެވެ.

މިއީ ސެމީ-ލަގްޒަރީ ސްޓައިލަށް ހަދާފައިވާ އެޕާރޓްމެންޓްތަކެކެވެ. މިއެޕަރޓްމެންތަކުގައި ހުންނާނީ އޭސީ ހަރުކުރެވި، ތަށިމުށި ޖަހާ، ބަދިގޭ ކަބަޑުސެޓް ބަހައްޓާ، ފާޚާނާތައް ވެސް ނިންމާފައެވެ. ޕާކިން އާއި ސިކިއުރިޓީ ވެސް ފޮރުކޮށްދެވޭނެއެވެ. އަދި ޑަސްބިން ތައް ވެސް ބެހެއްޓޭނެއެވެ.

އިއެޕާރޓްމެންޓްތަކަށް 15-20 ޕަސެންޓާއި ދެމެދުގެ ޑައުންޕޭމެންޓެއް ދެއްކުމުން 20-25 އަހަރަށް ބާކީ ބައި ބަހާލެވެއެވެ.

މުޅިއެކު 10 ޓަވަރެއް ހުންނައިރު ކޮންމެ ޓަވަރެއްގެ ވެސް ތިރި ޚާއްސަކުރެވިފައިވަނީ ވިޔަފާރިތަކަށެވެ. މިގޮތުން ސުޕަރމާކެޓާއި، ރީޓެއިލް ފިހާރަތަކާއި، ޖިމާއި، އޮފީސްތަކަށް ޚާއްސަކުރެވިފައިވާ ޖާގައިގެ އިތުރުން އޭޓީއެމްތައް ވެސް ހުންނާނެއެވެ.

މި އެޕާޓްމެންޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށްކަމަށް މަޢްލޫމާތު ލިބެއެވެ.

އަދި ބޭނުންވާ ފަރާތްތަކަށް، އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޑީސީއިން ބުނެފައިވެއެވެ.

ޓައިޕް އޭ 1
ޓައިޕް އޭ 2
ޓައިޕް 2 - ޓެރެސް އާއި އެކު
ޓައިޕް 1 - ޓެރެސް އާއި އެކު
ޓެގްސް: އެޕާޓްމެންޓްތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.