ރޭ ބޭއްވުނު އޭއީއެޗްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަފްލާގެތެރެއިން

ހަބަރު

އިކުއެޓޯރިއަލް ހޮސްޕިޓަލުން 2 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އަލީ އަޒްޔަން - އައްޑޫ އަތޮޅު | 4 ޖޫން 2022 , ހޮނިހިރު 12:06   205

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ، ހޮސްޕިޓަލުގެ ދެވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

މިޙަފްލާ އޮތީ އައްޑޫ ހައިސްކޫލްގެ ހޯލުގައެވެ. އަދި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ. މީގެ އިތުރުން އައްޑޫ ސިޓީ މޭޔަރާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން ނިމިދިޔަ ހަފްތާގައި އެހޮސްޕިޓަލުން ވަނީ ކުޅިވަރު ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި މި ޙަފްލާގައި ބައިވެރިންނަށް ޚާއްސަ ފަރީއްކޮޅެއްވެސް އޮތެވެ.

ކުރިއަށް އޮތްތަނުގައި ރެކްރިއޭޝަން ކްލަބެއް ހެދުމުގެ އިތުރުން، ސްޓާފުންގެ ޔުނިފޯމް ތަޢާރަފްކުރުމާއި، ވެބްސައިޓް ލޯންޗުކުރުންވެސް އޮންނާނެކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

އަދި ރޭގެ ޙަރަކާތަށް ސަރުކާރުގެ އެހެން ބައެއް ތަންތަނުންނާއި އަމިއްލަ އެހެން ބައެއް ފަރާތްތަކުން އެހީތެރިކަން ލިބިފައިވާކަމަށް އޭއީއެޗްއިން ބުނެފައިވެއެވެ.

ރޭގެ ޙަފްލާގެ ތެރެއިން މަންޒަރެއް - ފޮޓޯ: އޭއީއެޗް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި އެކު އައްޑޫގެ އެހެންރަށް ރަށުގައި ހިންގާ ހެލްތް ސެންޓަރުތައް ހިންގާނެ ބޯޑެއް އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. މިބޯޑުގައި އައްޑޫ ސިޓީ މޭޔަރު ވެސް އިންނަވައެވެ.

ދެއަހަރު ކުރިން، ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރި މިހޮސްޕިޓަލުގައި ފެންވަރު ރަނގަޅު މެޝިނަރީ ހުރިއިރު ރަނގަޅު ޑޮކްޓަރުން ނުތިބޭކަމުގެ ކަމުގެ ޝަކުވާ އައްޑޫ ގިނަ ރައްޔިތުން ކުރެއެވެ. އެކްސިޑެންޓް ތަކުގައި އަނިޔާ ލިބޭ މީހުންނާއި ބޮޑެތި ބަލިތަކުގެ މީހުން އަދިވެސް ފޮނުވާލަނީ އިތުރު ފަރުވާއަށް މާލެއަށެވެ.

އަދި މިހާތަނަށް އައިއިރު އޭއީއެޗްގައި ޕްރައިވެޓް ރޫމްތަކުގެ ޚިދުމަތް ވެސް ވަނީ ނުފެށިފައެވެ.

ޓެގްސް: އޭއީއެޗް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.