ތެލުގެ އަގުތަކަށް ބަދަލުތަކެއް އަންނާނެ ކަމުގެ އުންމީދު

ވިޔަފާރި

ތެލުގެ އުފެއްދުން އިތުރުކުރުމަށް އޯޕެކްއިން ނިންމައިފި

ދާނިޝް - ދުނިޔެ | 4 ޖޫން 2022 , ހޮނިހިރު 16:37   408

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިފައިވާ މިދަނޑިވަޅުގައި ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީސް (އޯޕެކް) އިން ނިންމާފިއެވެ.

ބާޒާރުގައި ތެލުގެ އަގުތައް މަތިވަމުން މިދަނީ ރަޝިއާއިން އުފައްދާ ތެލުގެ އަދަދު 90 އިންސައްތައަށް މަދުކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ނިންމުމާ ގުޅިގެންނެވެ.

އޯޕެކްގެ ގައުމު ތަކުން ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ ޖުލައި މަހު ދުވާލެއްގެ މައްޗަށް 648000 ފީފާގެ ތެޔޮ އަފައްދަން އެއްބަސްވެފައެވެ.

މިވަގުތު ބާޒާރުގައި ތެޔޮ ވިއްކާ އަގަށް ބަލައި އިރު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިވަގުތު ހުރީ ފީފާއެއް 169.96 އަދި ޑަބްލިޔުޓީއައި ތެޔޮ ފީފާއެއްގެ އަގު 115.75 އެމެރިކާ ޑޮލަރެށެވެ. މި މަހުގެ 1 ވަނަ ދުވަހު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު ހުރީ ފީފާއެއް 122.30 އެމެރިކާ ޑޮލަރަށެވެ. ޑަބްލިޔުޓީއައި ތެޔޮ ފީފާއެއްގެ އަގު ހުރީ 117.65 އެމެރިކާ ޑޮލަރެށެވެ.

އޯޕެކްގެ މި ނިންމުމާ ގުޅިގެން ތެޔޮގެ އަގުތަކައް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

ޓެގްސް: ތެލުގެ އަގުތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.