ނައިބްރައީސް ފައިސަލް ނަސީމް ފުވައްމުލަކުގައި ބޭއްވި ބައިސިކަލް ރޭހުގައި ބައިވެރިވެވަޑައިގަންނަވަނީ

ހަބަރު

ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް ނައިބްރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި

އަލީ އަޒްޔަން - ފުވައްމުލަކު | 4 ޖޫން 2022 , ހޮނިހިރު 19:41   262

މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވަނި ފުވައްމުލައްސިޓީގައެވެ.

ކޮންމެ އަހަރަކުވެސް ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަނީ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. ދުނިޔޭގެގައި މިދުވަސް ފާހަގަ ކުރުން އޮންނަ އ.ދ. އާއި ވެސް ގުޅިގެންނެވެ. އ.ދ. އިން މިފަހަރު ކަނޑައަޅާފައިވަނީ ރަސްމީ ޙަރަކާތްތައް ބާއްވާނެ ގައުމެއްގެ ގޮތުގައި ސްވިޑްން ކަނޑައަޅާފައެވެ.

ރާއްޖޭގައި މިދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން، ނައިބްރައީސް ފައިސަލް ނަސީމް ވަނީ ފުވައްމުލައް ސިޓީގައެވެ. އަދި ނައިބް ރައީސްގެ މިދަތުރުގައި އެންވައިރޮންމެންޓް މިނިސްޓަރ އާމިނަތު ޝައުނާގެ އިތުރުން ކަމިޝަނަރ އޮފް ސްޕޯޓްސް ހީނާ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުވައްމުލައް ސިޓީގައި ރަސްމީކޮށް ޙަރަކާތްތައް ފެށުން
މިއަދު ހަވީރު ބޭއްވުނު ބައިސްކަލް ރޭހުގައި ނައިބްރައީސް ބައިވެރިވެ ވަޑައިގަންނަވަނީ

ރައީސް އޮފީހުގެ މިދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއީ ރަސްމީ ދަތުރުފުޅެއް ކަމަށާއި، ބައެއް ރަސްމީ އިޙްތިފާލުތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ .

ފުވައްމުލައް ސިޓީ ކައުންސިލްއިން ބުނެފައިވަނީ، އެންވަރަޔަމަންޓް މިނިސްޓްރީ އާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ "ގްރީން ރައިޑް" ބައިސްކަލު ބުރުގައި ނައިބްރައީސް ބައިވެރިވެ ވަޑައިގެންނެވިކަމަށެވެ.

ޓެގްސް: ނައިބްރައީސް ތިމާވެށި
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.