ޝެންޒޫ 14 ޖައްވީ އުޅަނދުގައި ދަތުރުކުރި ޗައިނާގެ ތިން އެސްޓްރޮނޯޓުން

ދުނިޔެ

ޗައިނާއިން 3 އެސްޓްރޯނޯޓަކު އަނެއްކާވެސް ޖައްވައް ފޮނުވައިފި

އަލީ އަޒްޔަން - އޭޝިއާ | 5 ޖޫން 2022 , އާދީއްތަ 11:05   320

މިއީ ޗައިނާއިން މިހާތަނަށް ޗައިނާއިން ޖައްވައް އެސްޓްރޯނޯޓުންތަކެއް ފޮނުވި ތިންވަނަ ފަހަރެވެ. މި ދަތުރުގެ ވެސް މައިގަނޑު ބޭނުމަކީ، ޗައިނާގެ އަމިއްލަ ޖައްވީ ސްޓޭޝަން, 'ޓިއަންގ ގޮންގ'، މިއަންނަ ޑިސެމްބަރ މަސް ނިމުމުގެ ކުރިން ނިންމުމަށެވެ.

މިތިން އެސްޓްރޯނޯޓުން، ޖައްވުގައި ދިރިއުޅެމުން އެސްޓޭޝަން ނިންމުމުގެ މަސައްކަތުގައި ހަމަސް ދުވަސް ހޭދަކުރާނެކަމަށް ޗައިނާގެ ޖައްވީ އިދާރާ (އީއެމްއެސްއޭ) އާއި ޙަވާލާދީ ސީއެންއެން އިން ބުނެފައިވެއެވެ.

އެމީހުން ދަތުރުުރި ރޮކެޓް ނައްޓާލީ ޗައިނާ ގަޑިން އާއްދީއްތަ ދުވަހުގެ ހެނދުނު 10.30 ގައެވެ. މިއީ ގާތްގަނޑަކަށް 7 ގަޑިއިރުގެ ދަތުރުކެވެ.

ޗައިނާ އިންވަނީ މިފަދަ އިތުރު ހަތް މިޝަނެއް މިއަހަރަށް ތާވަލުކޮށްފައެވެ.

ޗައިނާއިން ހަދަމުންދާ ޓިއަންގ ގޮންގ ސްޓޭޝަން ހަދާ ނިމުމުން، 15 އަހަރަށް ދެމި ހުންނާނެކަމަށް ބެލެވެއެވެ. ދެން ކޮންމެ އަހަރު ދެ ކާގޯ ދަތުރާއި، މީހުން އުފުލުމަށްޓަކައި ދެ ދަތުރު ކުރާނެއެވެ.

ޓެގްސް: ޗައިނާ ޖައްވީ ހޯދުންތައް
މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މަޢްލޫމާތެއް އޮތްނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 7578800 އަށް ވައިބަރ ނުވަތަ ވަޓްސްއެޕް ކުރައްވާ!

ކޮމެންޓް ކުރުމަށް
{{ charactersLeft }} ކޮމެންޓުކުރުމުގެ ގައިޑްލައިންއަށް އެއްބަސްވަމެވެ.